ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދޫ މާލިއްޔަތުގެ ރުއްގަސް ކުއްޔަށް ދޫކުރުން.

ނިލަންދޫ ރައްޔިތުންގެ މާލިއްޔަތުގެ ރުއްގަހުގެ ނަމުގައި ކުރިން ބަލަމުންއައި ރުއްތަކުގެތެރެއިން  2019 ވަނަ އަހަރުގެ ނިޔަލަށް ހުރި ފޯދުނު 314 (ތިންސަތޭކަ ސާދަ) ރުކާއި ފޯދުނު 3 (ތިނެއް) ބަނބުކެޔޮގަސް، 5 (ފަހެއް) އަހަރަށް ކުއްޔަށް ދޫކުރުމަށް، 8 ޖަނަވަރީ 2020 ގައި ކުރި، ނަމްބަރު: (IUL)374-C/374/2020/02 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެ ރުއްގަސް ކުއްޔަށް ހިފުމަށް އެދިވަޑައިގެންފައި ނުވާތީ މަހަކު 3,500/- (ތިންހާސް ފަސްސަތޭކަ) ރުފިޔާ އަށް ވުރެ ކުޑަނޫން އަގަކަށް 5 (ފަހެއް) އަހަރަށް ކުއްޔަށް ދޫކުރުމަށް އަލުން އިޢުލާނުކުރަމެވެ.

  މާލިއްޔަތުގެ ރުއްގަސް ހުރި ތަންތަން ބައްލަވަން ބޭނުންފުޅުވާ ބޭފުޅުން 2020 ފެބުރުވަރީ 9 (ނުވައެއް) ވަނަ ދުވަހުންފެށިގެން2020 ފެބުރުވަރީ  20 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހަކު 9:00 އިން 12:00 އާދެމެދު، ރުއްގަސް ހުރި ތަންތަން ދެއްކުމާއި މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނެއެވެ.

ވީމާ، ނިލަންދޫ މާލިއްޔަތު ރުއްގަސް ކުއްޔަށް ހިފަން ބޭނުންފުޅުވާ ބޭފުޅުން، " ނިލަންދޫ މާލިއްޔަތުގެ ރުއްގަސް ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމު" ފުރިހަމަކުރައްވައި 2020 ފެބުރުވަރީ  24 ވާ ހޯމަ  ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށް ފަހު ހުށަހަޅާ ފޯމުތައް ބަލައެއްނުގަނެވޭނެއެވެ.

ރުއްގަސް ކުއްޔަށް ދޫކުރުމާބެހޭ މަޢުލޫމާތު ކަރުދާހާއި ރުއްގަނޑު ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމުމިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުންވެސް އެ ލިއުންތައް ނެގެން ހުންނާނެއެވެ. މިއިދާރާގެ ފޭސްބުކް ޕޭޖުގެ އެޑްރެހަކީ: (fb id: Faafu Nilandhoo Council Idhaaraa) އެވެ. ވެބްސައިޓް އެޑްރެސް މި ކަރުދާހުގެ ތިރީބައިގައި ލިޔެފައިވާނެއެވެ.

11 ޖުމާދަލްއާޚިރާ 1441

05 ފެބުރުވަރީ  2020

05 ފެބުރުވަރީ 2020
ހޯދާ