ދިވެހިރާއްޖެ
މިކޯޓުގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މިކޯޓުގެ ނަންބަރު:01/O2MC/2020 އިޢުލާނު ބާޠިލުކުރުމަށްފަހު އަލުން އިޢުލާނުކުރަމެވެ.
ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 09 ފެބުރުއަރީ 2020 ވަނަ ދުވަހުގެ 13:30 ގަޑި އަށް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި، މަޢުލޫމާތު ސާފުކުރައްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 10 ފެބުރުއަރީ 2020
އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 13:30
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ލ.ދަނބިދޫ މެޖިސްޓްރޭޓް ކޯޓު
10 ޖުމާދުލްއާޚިރާ 1441