ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

 

ވަޒީފާގެ ފުރުސަތު                          ނަންބަރ: (IUL)421/421/2020/6

 

މަޤާމް

މަސައްކަތު ( މިސްކިތު )

ބޭނުންވާ ޢަދަދު

04 ( ހަތަރެއް )

މަޤާމުގެ ރޭންކް:

އެސްއެސް 01

މަޤާމުގެ ނަންބަރ:

J-322138   J-322139   J322140   J-322141

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓްސްޓާފް ގްރޭޑް 01

ވަޒީފާ އަދާކުރަންޖެހޭތަން:

ގދ.ވާދޫ ކައުންސިލްގެ އިދާރާ / މިސްކިތް

މުސާރަ:

މަހަކު -/3100

ސަރވިސް އެލަވަންސް:

މަހަކު -/1000

ސަޕޯޓިންގ ކޯ އެލަވަންސް:

މަހަކު -/1200

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ދެވޭ އިތުރުގަޑީގެ ފައިސާ

 

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބްތައް:

  1. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނެޓް ކުރީން މިސްކިތަށް ހާޒިރުވެ މިސްކިތް ފޮޅާ ސާފުކުރުން
  2. ވުޝޫ ކުރާ އިސްކުރު ބަރިއާއި ފާޚާނާ ހެދިފައިވާ ނަމަ ކޮންމެ ނަމާދު ވަގުތަކަށް އެތަން ސާފު ކުރުން
  3. ކޮންމެ ދުވަހަކު މިސްކިތު ގޯތި ތެރެއާއި މަގު ކުނިކަހާ ސާފުކޮށް
  4. މިސްކިތު ގޯތި ތެރެއާއި ހުސްޖާގަ އޮތް ވަރަކުން ގަސްހައްދާ ފެހި ކުރުން
  5. އެއްވެސް މައްސަލަ އެއް ދިމާވެގެން ނަމާދު ވަގުތަށް މިސްކިތަށް ދިއުން އުޒުރު ވެއްޖެނަމަ މުވައްޒަފު ރިޕޯޓްކުރަން ޖެހޭ މީހާ އަށާއި މުދިމަށް ވަގުތު އޮއްވާ އެންގުން
  6. މިސްކިތް ދިއްލުމާއި ، ފަންކާ ހިންގުމާއި ނިންވުން
  7. މިސްކިތް ދިއްލުމާއި ، ފަންކާ ހިންގުމާއި ނިންވުން
  8. މިސްކިތް ދިއްލުމާއި ، ފަންކާ ހިންގުމާއި ނިންވުން
  9. ކައުންސިލްގެ އިދާރާއިން އިންތިޒާމްކުރާ އިޖްތިމާޢީ ކަންތައްތަކުގައި ވަގުތުއޮތް ވަރަކުން ބައިވެރިވުން

10. ދީނީ ނަސޭހަތްދިނުމާއ، ތަރާވީޙް ނަމާދަށް މިސްކިތް ތައްޔާރުކުރުމާއި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން

11. މީގެ އިތުރުން މިސްކިތުގެ ދާއިރާގެ ތެރެއިން ކުރަންޖެހޭ ޚާއްސަ ކަމެއް ދިމާވެއްޖެ ނަމަ އެކަމެއް ކުރުން

މަޤާމުގެ ޝަރުޠު

  1. އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންއެގުމާއި އެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފުރިހަމަ ސިއްޙަތެއްގައިވާ މީހަކު ކަމުގައިވުން.

ނޯޓް

ލިޔަން ކިޔަން އެގޭކަން ދެނެގަންނާނީ ދަށްވެގެން ސްކޫލް ގްރޭޑް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން އެގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.

 

ހުށަހަޅަންޖެހޭ ލިޔެ ކިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމް ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވެ.)
  2. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯން ނަންބަރާއި އީމެއިލް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުންކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން މުވައްޒަފު ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

( ހ ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި،ޓްރާންސްކްރިޕްޓް ކޮޕީ: ނުވަތަ ކޯސްފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑީވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމްދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި،ޓްރާންސްކްރިޕްޓްގެ ކޮޕީ:ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށްވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެސެޓްފިކެޓްގެ ކޮޕީ:
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ،ވަޒީފާ އަދާކުރި މުއްދަތާއި،ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން: ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ކަންތައްތައް:

  1. ހާސިލްކޮށްފައިވާ ތަމްރީނަށް ބަލައިގެން
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  3. ގާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން
  4. އަޚްލާގީ ފެންވަރާއި ރިވެތި ސިފަތައް

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 2020 ފެބުރުއަރީ 13 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ގދ.ވާދޫ ކައުންސިލް އިދާރާއަށެވެ.ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ( [email protected]  ) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެއަދަދަށް ވަޒީފާއަށްއެދޭ ފޯމް ބަލައި ގަނެވޭނެވެ.

އިންޓަރވިއު ( އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނަނަމަ އެބައިވެސް ހިމެނުމަށް ) އޮންނާނެތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު ( އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަނަމަ އެބައިވެސް ހިމެނުމަށް ) އޮންނާނީ 17 ފެބުރުއަރީ 2020 އާއި 20 ފެބުރުއަރީ 2020 އާއި ދެމެދު ގދ.ވާދޫ ކައުންސިލް އިދާރާގައެވެ.

ޝޯޓް ލިސްޓް ކުރުން

  1. މިވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި،ތަޖުރިބާއަށްބަލައި،ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެވެ.

 

 

               އިންޓަރވިއު ބާއްވަތާ ރަސްމީ 05 ދުވަހުގެ  ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް A2 ފޯމް" ޢާންމުކޮށް ފެންނާނެހެން އާންމުކުރެވޭނެވެ. ވަޒީފާއަށް ކުޔރިމަތީލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމުކުރާ ދުވަހުން ފެށިގެންރަސްމީ ބަންދުނޫން 05 ދުވަހުގެތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެވެ.  

            މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި 6840005 ނަންބަރު ފޯނަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

 

11 ޖުމާދިލްއާޚިރާ 1441

05   ފެބުރުއަރީ  2020

 

 

 

 

 

 

 

                                                         މުޙައްމަދު ވަޙީދު

                                                       ކައުންސިލްގެ ރައީސް

05 ފެބުރުވަރީ 2020
ހޯދާ