އދ. ދިއްދޫ ސްކޫލް
ދިވެހިރާއްޖެ
ަދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  • އދ. ދިއްދޫ ސްކޫލުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މި ސްކޫލުގެ ނަންބަރު GS159/IUL/2020/03 އިޢުލާނާއި ގުޅިގެން އެއްވެސްފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް މިމަސައްކަތައް ޝަރުޠުހަމަވާ ފަރާތްތަކަށް ބީލަންހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

 

  • މިބީލމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 04 ފެބުރުވަރީ 2020 އިން 09 ފެބުރުވަރީ 2020 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ދިއްދޫ ސްކޫލަށް ޙާޞިރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  • މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 10 ފެބުރުވަރީ 2020 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  • މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 11 ފެބުރުވަރީ 2020 ވާ އަންގާރަ ދުވަހުގެ 13:00 ގައި އދ. ދިއްދޫ ސްކޫލު އޮފީހުގައެވެ.

 

  • ބިޑް ހުޅުވުން އޮންނާނީ 20 ފެބުރުވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި އދ. ދިއްދޫ ސްކޫލު އޮފީހުގައެވެ.
  • މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

 

  • މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  • ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • އދ. ދިއްދޫ ސްކޫލް
  • ފޯން: 6680060/9880985
  • އީ-މެއިލް: [email protected]
04 ފެބުރުވަރީ 2020
ހޯދާ