ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ދިރިއުޅުމުގެ ޙާލަތު ދެނެގަތުމާ ގުޅޭ

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ

މާލެ / ދިވެހިރާއްޖެ

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ދިރިއުޅުމުގެ ޙާލަތު ދެނެގަތުމާ ގުޅޭ

"ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ޙާލަތު" ދެނެގަތުމުގެ މަސައްކަތް މިހާރު ގެންދަނީ ކުރަމުންނެވެ. "ދިރިއުޅުމުގެ ޙާލަތު" ދެނެގަތުމަށް "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" ގެ ފަރާތުން ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން، ފޯމު ހުށަހަޅާފައިވާ ފަރާތްތަކާ ފޯނުން ގުޅައި، ވެރިފައިކުރުމުގެ ޕްރޮސެސްއެއް ކުރިއަށްގެންދެވެއެވެ. މިގޮތުން މި އިޢުލާންއާއެކު އެޓޭޗްކުރެވިފައިވާ ލިސްޓްގައި ހިމެނޭ ފަރާތްތަކަކީ، ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި H4 ، H5 ، H12 ، H13 އަދި H15 މިކެޓެގަރީތަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، ނުގުޅުނު ފަރާތްތަކެވެ. އެ ފަރާތްތަކާ ގުޅުމަށް ތަކުރާރުކޮށް މަސައްކަތް ކުރެވިފައިވެއެވެ.

ވީމާ، މި ލިސްޓުގައި ހިމެނޭ ފަރާތްތަކުން 2020 ފެބްރުވަރީ 11 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން 7761108 މި ނަމްބަރާ ގުޅުއްވުމަށް ދެންނެވީމެވެ. އަދި، އެ ނަންބަރުން ގުޅޭގޮތްނުވިނަމަ، އެސް.އެމް.އެސް އެއް ފޮނުއްވުމަށްވެސް ދެންނެވީމެވެ.

04 ފެބުރުވަރީ 2020
ހޯދާ