ދިވެހިރާއްޖެ
އިޢުލާން
ލ.ކުނަހަންދޫގައި ކުރިކެޓް ޕިޗެއްއެޅުމަށް އަންދާސީ ހިސާބު ބޭނުންވެއްޖެ
ލ.ކުނަހަންދޫގައި ކުރިކެޓް ޕިޗެއްއެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮއްދޭނެ ފަރާތެއް ބޭނުންވެގެން ކުރި އިޢުލާން (IUL)405-A/405/2019/54 (31ޑިސެމްބަރު 2019)އާއި ގުޅިގެން ދެވިފައިވާ މައުލޫމާތު ސީޓް ގައި މައްސަލަ އުޅޭތީ އެ އިޢުލާން ބާތިލްކޮށް އަލުން އިއުލާން ކުރީމެވެ.
ވީމާ ލ.ކުނަހަންދޫގައި ކުރިކެޓް ޕިޗެއް އެޅުމަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ސައުގުވެރިވާ ފަރާތްތަކުން 12 ފެބުރުވަރީ 2020 ވާ ބުދަ ދުވަހުގެ 13:00 އަށް ކައުންސިލްގެ އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 23 ފެބުރުވަރީ 2020 ވާ އާދިއްތަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ކަރުދާހެއްގެ އަގަކީ -/100 ރުފިޔާ އަށެވެ. މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.
މަޢުލޫމާތު ސާފްކުރުމަށް ޙާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައެއްނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑު ނުވަތަ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. އަދި ކުންފުނި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ކަމުގެ ލިޔުމުގެ ކޮޕީއެއް ވެސް ގެންނަންވާނެއެވެ. އަދި ބަދަލްގައި މީހަކު ފޮނުވާނަމަ އެ ފޮނުވާ ފަރާތަކީ ކޮންފަރާތަކުން ހާޒިރުވި މީހެއްކަން އެގޭނެ ފަދަ ލިއުމެއް އޮންނަންވާނެއެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 9995970 އާއި ކުރިކެޓް ބޯޑުގެ ފޯނު ނަމްބަރު 7775618 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ވީމާ ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.
08 ޖުމާދަލް އޫލާ 1441
02 ފެބުރުވަރީ 2020