ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
މަސައްކަތު މީހުންގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުން

ނަންބަރު: IUL)120/1/2020/15)

އިޢުލާން

 

މަސައްކަތު މީހުންގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުން

 

މިޑިޕާޓްމަންޓުން ބާއްވާ އެކިއެކި އިމްތިޙާންތަކާ ގުޅިގެން އެއްތަނުން އަނެއްތަނަށް އުފުލަންޖެހޭ ތަކެތި އުފުލުމާއި، މިޑިޕާޓްމަންޓްގެ ބޭނުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުމަށް މަސައްކަތު މީހުންގެ ޚިދުމަތްދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރު: (IUL)/120/1/2020/07 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެއިޢުލާން ބާތިލްކޮށް ދެވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.

 ވީމާ މިކަމަށް ޝައުގުވެރިވެޑައިގަންނަވާ ފަރާތްތަކުން 2020 ފެބްރުއަރީ 04 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިޑިޕާޓްމަންޓަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2020 ފެބްރުއަރީ 10 ވާ ހޯމަ  ދުވަހުގެ 10:30 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ2 ގެ 3 ވަނަ ފަންގިފިލާގައެވެ.

          08 ޖުމާދުލް ޢާހިރާ  1441

          02 ފެބްރުއަރީ    2020     

 

 

02 ފެބުރުވަރީ 2020
ހޯދާ