ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
2020 ވަނަ އަހަރަށް ބ. ތުޅާދޫ ސްކޫލްގެ ޕްރިންސިޕަލްގެ އެކަމަޑޭޝަން ހަމަޖެއްސުން

                                                އިޢުލާން ނަންބަރ: IUL)GS-56-D/GS-56/2020/08)

ބީލަން ހުށަހެޅުމުގެ ދަޢުވަތު

2020 ވަނަ އަހަރަށް (19 ފެބްރުއަރީ 2020 އިން 31 ޑިސެމްބަރ 2020 ށް ) މި ސްކޫލްގެ ޕްރިންސިޕަލް ހުންނަވާނެ ގެއެއް ނުވަތަ އެޕާރޓްމެންޓެއް ކުއްޔަށް ދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް ނަންނޯޓު ކޮށްފައިނުވާތީ އަލުން އިއުލާނު ކުރުން

1.  2020 ވަނަ އަހަރަށް (19 ފެބްރުއަރީ 2020 އިން 31 ޑިސެމްބަރ 2020 ށް ) މި ސްކޫލްގެ ޕްރިންސިޕަލް ހުންނަވާނެ ގެއެއް ނުވަތަ އެޕާރޓްމެންޓެއް ކުއްޔަށް ދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ފެބްރުއަރީ 4 އިން 2020 ފެބްރުއަރީ 6 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ފެބްރުއަރީ 06 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ފެބަރުއަރީ 9 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

5. ބީލަން ހުޅުވުން އޮންނާނީ 2020 ފެބްރުއަރީ 11 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތުޅާދޫ ސްކޫލް

ބ. ތުޅާދޫ ،ދިވެހިރާއްޖެ

ފޯން: 6600136

އީ-މެއިލް: [email protected]

 

                                      8 ޖުމާދުލްއާހިރު 1441

                                      02 ފެބްރުއަރީ 2020

02 ފެބުރުވަރީ 2020
ހޯދާ