މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ އިމާރާތުގެ ގޯތިތެރޭގައި ހުރި 975.42 އަކަފޫޓުގެ ޖާގައަށް ބަދަލުތަކެއް ގެނެސް، ޕާރޓީޝަންޖަހައި އިންޓީރިއަރ ބައެއް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ އިމާރާތުގެ ގޯތިތެރޭގައި ހުރި 975.42 އަކަފޫޓުގެ ޖާގައަށް ބަދަލުތަކެއް ގެނެސް، ޕާރޓީޝަންޖަހައި އިންޓީރިއަރ ބައެއް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު  (IUL)138-AS6/1/2020/15 (20 ޖަނަވަރީ 2020) އިޢުލާނުގެ ބިޑް ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ތާރީޙް 2020 ފެބްރުއަރީ 04 ވާ އަންގާރަ ދުވަހުގެ 12:00 އަށް އިތުރުކުރެވިފައިވާކަން މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

މި އިޢުލާނާއި ގުޅިގެން އިޞްލާޙުކުރެވިފައިވާ ކުރެހުން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް މެއިލް ކުރެވިގެންދާނެއެވެ. 
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2020 ފެބެރުއަރީ 04 ވާ އަންގާރަ ދުވަހުގެ 09:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

02 ފެބުރުވަރީ 2020
ހޯދާ