ދިވެހިރާއްޖެ
ދިވެހި ރާއްޖޭގެ މޮންޓްރިއަލް ޕްރޮޓޮކޯލް ޕްރޮގްރާމްގެ ދަށުން ރެފްރިޖިރޭޝަން އަދި ފިނިކުރާ ނިޒާމްތަކުގެ ދާއިރާގެ ނޭޝަނަލް ޓްރެއިނިންގ އަދި ސަޕޯޓް ޕްރޮގްރާމް ހިންގުން
މާލެ، ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއިން އަލަށް ހިންގާ ރެފްރިޖިރޭޝަން އަދި އެއަރ-ކޮންޑިޝަނިންގ ދާއިރާއަށް ޙާއްސަކުރެވިފައިވާ ނެޝަނަލް ޓްރެއިނިންގ އަދި ސަޕޯޓް ޕްރޮގްރާމުގައި ރަޖިސްޓަރވުމުގެ ފުރުސަތު ހުޅުވާލެފައިވާކަން ދަންނަވަމެވެ.
ކިގާލީ އެމެންޑްމެންޓް ޓު ދަ މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރއަށް ދިވެހި ރާއްޖޭގެ ފަރާތުން ގެނެވުނު ބަދަލުތަކާ ގުޅިގެން އައު ފްލޭމެބަލް ރެފްރިޖިރެންޓްތައް ރާއްޖެއަށް އެތެރެކުރެވޭނެއެވެ.
މި ނޭޝަނަލް ޓްރެއިނިންގ އަދި ސަޕޯޓް ޕްރޮގްރާމްތަކުގައި ބައިވެރިވާ ފަރާތްތައް ނުވަތަ ކުންފުނިތަކަށް ޤައުމީ އަދި ބައިނަލްއަގުވާމި ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ބައިނަލްއަގުވާމި ފެންވަރުގެ ރިފްރިޖެރަންޓް ޑްރައިވިންގ ލައިސަންސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތުތައް ހުޅުވިގެން ދާނެއެވެ.
މިފަދަ ޓެކްނިކަލް ސަޕޯޓް ޕްރޮގްރާމްތަށް މެދުވެރިކޮށް ކުރިއަށް އޮތް މުސްތަޤުބަލުގައި އަންނާނެ ބަދަލުތަކަށް ތައްޔާރުވުމުގެ ފުރުސަތު ޓެކްނީޝަނުންނަށް ހުޅުވިގެން ދާނެއެވެ. ވީމާ، ޝައުގުވެރި ފަރާތްތައް ނުވަތަ ކުންފުނިތައް މި އިއުލާނާ އެއްއުރަ ކުރެވިފައިވާ ފޯމް ފުރިހަމަކޮށް މިމިނިސްޓްރީއަށް ހުށަހެޅުން އެދެމެވެ.
ސުންގަޑި: 09 ފެބްރުއަރީ 2020ވާ އާދިއްތަ ދުވަހުގެ މެންދުރު 12:30ގެ ކުރިން
އިތުރުމައުލޫމާތު:
ފޯނު: 3018369، 3018361
ފެކްސް: 3018301
އީމެއިލް: [email protected]
