މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިއިވެލުއޭޝަން ކޮމިޓީއަށް އާންމުންގެ ތެރެއިން 2 މީހުން ހޯދުން

މިރަށުން ގޯތިދޫކުރުމަށްޓަކައި ދޫކުރެވިފައިވާ ފޯމުތަކުގެ ތެރެއިން މިއިދާރާއަށް ލިބިފައިވާ ފޯމްތައް އިވެލުއޭޓްކުރުމަށްޓަކައި  އެކުލަވާލާ ގޯތިކޮމިޓީއަށް ޢާންމުންގެ ތެރެއިން ފިރިހެން ބޭފުޅަކާއި އަންހެން ބޭފުޅެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ތިރީގައި މިދަންނަވާ ޝަރުތުތައް ހަމަވާ ބޭފުޅުން 2020 ފެބްރުއަރީ 06ވާ ބުރާސްފަތިދުވަހުގެ 14:00ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ.

  • މީލާދީގޮތުން އުމުރުން 18 (އަށާރަ) އަހަރު ވެފައިވާ، ބުއްދިސަލާމަތުންހުރި ދިވެހި ރައްޔިތެއްކަމުގައިވުން.
  • ތުލުސްދޫގެ ރައްވެއްސެއް ކަމުގައި ވުން.
  • މިބުރުގައި ގޯއްޗަށްއެދި ފޯމް ހުށައަޅާފައިވާ ފަރާތެއްކަމުގައި ނުވުން.
  • މިބުރުގައި ގޯއްޗަށްއެދި އަނބިމީހާ ނުވަތަ ފިރިމީހާ ފޯމް ހުށައަޅާފައި ނުވުން
  • އަސާސީ ތަޢުލީމުގެ ފެންވަރުހުރި މީހެއްކަމުގައިވުން.
  • ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒްކުރަމުންދާ މީހެއްކަމުގައި ނުވުން.
  • ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހެއްކަމުގައި ނުވުން.

މިކަމަށްއެދި ހުށަހަޅުއްވާ ސިޓީއާއިއެކު އައިޑީކާޑުގެ ކޮޕީއާއި ނެގިތާ 3 މަސްދުވަށް ނުވާ ޕޮލިސް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

އެހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ޖަނަވަރީ 2020
ހޯދާ