ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

މަޤާމް:

އެކައުންޓްސް އޮފިސަރ

މަޤާމުގެ ނަމްބަރު:

J-294768

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޤައުމީ ކުތުބުޚާނާ

މަސައްކަތު ގަޑި

ހެނދުނު 08:00 ން މެންދުރު 14:00 ށް ދުވާލަކު 6 ގަޑިއިރުއެވެ. 30 މިނިޓް ބްރޭކް ލިބޭނެ.

މުސާރަ:        

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ޓެކްނިކަލް ކޯ އެލަވެންސްގެ ގޮތުގައި މަޤާމުގެ އަސާސީ މުސާރައިގެ %28 އަށް ފައިސާ.
  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  • ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން، އަހަރީ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވުން.
  • ޤައުމީކުތުބުޚާނާއަށް އެކިފަރާތްތަކުން ލިބެންޖެހޭ ފައިސާ ލިބެމުންދޭތޯ ބަލައި ލިބެމުންނުދާނަމަ ޔުނިޓު ހެޑްގެ މަޝްވަރާގެ މަތިން ފިޔަވަޅުއެޅުން.
  • ބަޖެޓް ބާކީ ކުރުމާއި، ބަޖެޓާބެހޭގޮތުން ފޮނުވަންޖެހޭ އެންމެހާ ރިޕޯޓްތައް ކަނޑައެޅިފައިވާ މުއްދަތަށް ފޮނުވައި ފައިލްކުރުން.
  • ފައިސާ ދެއްކުމަށްޓަކައި، ލިބޭ ބިލްތަކާއި ގުޅުންހުރި ލިޔުންތައް ހަމަޔަށްހުރިތޯ ޗެކްކުރުން.
  • ބިލްތަކަށް މުއްދަތު ހަމަވުމުގެ ކުރިން ފައިސާދެއްކޭކަން ޔަޤީންކުރުން.
  • ބަޖެޓުގެ އެއްވެސް އައިޓަމަކުން ފައިސާ ޚަރަދުކުރުމުގެކުރިން އެއައިޓަމްގައި ފައިސާހުރިތޯބަލާ ޗެކްކޮށް ފައިސާގެމައްސަލަ ހަމަނުޖައްސައި ފައިސާނެތް އައިޓަމަކުން ޚަރަދެއްކޮށްފިނަމަ އެކަމުގެ ޒިންމާއުފުލުން.
  • ސަރުކާރުގެ މުދަލާއި ފައިސާ އާއި ބެހޭ ޤަވާޢިދުތަކާ އެއްގޮތަށް ފައިސާއާބެހޭ މަސައްކަތްތައް ކުރުން.
  • ޗެކުހެދިފައިވާ ޑޮކިއުމެންޓްގެ މައުލޫމާތު ޗެކް ލިބެންވީ ފަރާތަށް އެންގުނުކަން ޔަޤީންކުރުން.
  • އެކިފަރާތްތަކާއި ވެފައިވާ އެއްބަސްވުންތަކާއި އެއްގޮތަށް ފައިސާ ދައްކަމުންދޭތޯ ބެލުން.
  • ބިލްތަކަށް ފައިސާ ދެއްކުމަށް ހަދަންޖެހޭ ވައުޗަރުތައް ހަދައި އެއާއިގުޅޭ ޑޮކިއުމެންޓް ސެޕްގައި އެޓޭޗްކޮށް އެޑޮކިއުމެންޓްތައް ފައިލްކޮށް ބެލެހެއްޓުން.
  • ވައުޗަރ ރަޖިސްޓްރީ އަޕްޑޭޓްކުރުން.
  • ވައުޗަރ ޕޯސްޓް ކުރުމަށް އެކަމާ ޙަވާލުވެ ހުންނެވި މީހަކާއި ޙަވާލުކުރުން.
  • ޗެކް ހެދިފައިވާ ޑޮކިއުމެންޓްގެ މައުލޫމާތު ޗެކްލިބެންވީ ފަރާތަށް ދިނުން.
  • އޯވަރޑިއުވާ ފަރާތްތަކުގެ މައުލޫމާތު ގެޒެޓް ގައި ޝާޢިއު ކުރުމަށް ތައްޔާރުކޮށް ޔުނިޓް ހެޑުންނަށް ފޮނުވުން.
  • ސަރުކާރުގެ މުދަލާއި ފައިސާ އާއި ބެހޭ ޤަވާޢިދުތަކާއި އެއްގޮތަށް ފައިސާއާބެހޭ މަސައްކަތްތައް ކުރުން.
  • ލައިބްރަރީ ކޮމްޕިއުޓަރ ނެޓްވާކްގައި ލައިބްރަރީ ފައިނޭންސް ޔުނިޓުގެ ފޯލްޑަރ ބަލަހައްޓައި އަޕްޑޭޓް ކުރުން.
  • އޮފީހަށް ލިބޭ ފައިސާއާއި ހަވާލުވެ، ތިޖޫރީގައި ރައްކާކޮށް އެމް.އެމް.އޭ އަށް ޖަމާކުރުން.
  • ބިލްތަކަށް ފައިސާ ދެއްކުމަށް ހަދަންޖެހޭ ވައުޗަރުތައް ހަދައި އެއާއިގުޅޭ ޑޮކިއުމެންޓް ސެޕްގައި އެޓޭޗްކޮށް އެޑޮކިއުމެންޓްތައް ފައިލްކޮށް ބެލެހެއްޓުން.
  • ވައުޗަރ ރަޖިސްޓްރީ އަޕްޑޭޓްކުރުން.
  • ވައުޗަރ ޕޯސްޓް ކުރުމަށް އެކަމާ ޙަވާލުވެ ހުންނެވި މީހަކާއި ޙަވާލުކުރުން.
  • ޗެކް ހެދިފައިވާ ޑޮކިއުމެންޓްގެ މައުލޫމާތު ޗެކްލިބެންވީ ފަރާތަށް ދިނުން.
  • އޯވަރޑިއުވާ ފަރާތްތަކުގެ މައުލޫމާތު ގެޒެޓް ގައި ޝާޢިއު ކުރުމަށް ތައްޔާރުކޮށް ޔުނިޓް ހެޑުންނަށް ފޮނުވުން.
  • ސަރުކާރުގެ މުދަލާއި ފައިސާ އާއި ބެހޭ ޤަވާޢިދުތަކާއި އެއްގޮތަށް ފައިސާއާބެހޭ މަސައްކަތްތައް ކުރުން.
  • ލައިބްރަރީ ކޮމްޕިއުޓަރ ނެޓްވާކްގައި ލައިބްރަރީ ފައިނޭންސް ޔުނިޓުގެ ފޯލްޑަރ ބަލަހައްޓައި އަޕްޑޭޓް ކުރުން.
  • އޮފީހަށް ލިބޭ ފައިސާއާއި ހަވާލުވެ، ތިޖޫރީގައި ރައްކާކޮށް އެމް.އެމް.އޭ އަށް ޖަމާކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާގެ ތަޢުލީމީ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 މަޤާމުގެ ދާއިރާ: ފައިނޭންސް ނުވަތަ އެކައުންޓިންގ

 ތައުލީމީ ރޮނގުތައް: ފައިނޭންސް ނުވަތަ އެކައުންޓިންގ

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމުގެ ސޮފްޓް ކޮޕީ ގެޒެޓްގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.   

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ފެބްރުއަރީ 16 ވާ އާދިއްތަ ދުވަހުގެ 13:30ގެ ކުރިން، ޤައުމީ ކުތުބުޚާނާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު، ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 2020 ފެބްރުއަރީ 20 އާއި 2020 މާރޗް 29 އާ ދެމެދު، ޤައުމީ ކުތުބުޚާނާ، (މިއުޒިއަމް ބިލްޑިން އޭ) ގައެވެ.

ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓްލިސްޓް ކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3007200 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3313712 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

                                 5 ޖުމާދަލްއާޚިރާ 1441

30 ޖަނަވަރީ 2020
ހޯދާ