ދިވެހިރާއްޖެ
މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީ ކުރުމުގެ ކުރިން ފެންވަރު ބެލުމުގެގޮތުން ދެވޭ އިމްތިހާނާ ބެހޭ.
ރާއްޖޭގައި މަސައްކަތްކުރައްވާ ފާމަސިސްޓުންނާއި، މެޑިކަލް ލެބޯރެޓަރީ ޓެކްނޮލޮޖިސްޓުންނާއި، ކޮމިއުނިޓީ ހެލްތް/ ޕްރައިމަރީ ހެލްތް ކެއަރގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ޚާއްސަކޮށްގެން ފެންވަރު ބެލުމުގެގޮތުން ދެވޭ ކޮމްޕިޓެންސީ އިމްތިޙާނާ ބެހޭގޮތުން ކުރެވިފައިވާ ނަންބަރު: 03 /2020/(IUL)FHS އިޢުލާނު ގައިވާ ތާރީޚްތަކަށް އިތުރު ބަދަލު ގެނެވިފައިވާތީ، އެ އިޢުލާން ބާޠިލްކޮށް،އަލުން އިޢުލާން ކުރަމެވެ. ވީމާ، މި އިޢުލާނުގައިވާ ތާރީޚް ތަކުގައި ފެންވަރު ބެލުމުގެގޮތުން ދެވޭ ކޮމްޕިޓެންސީ އިމްތިޙާން ފެކަލްޓީގައި ބޭއްވޭނީ ތިރީގައި މި ދަންނަވާ ތާވަލުގައިވާ ދުވަސްތަކުގައި ހެނދުނު 10:00 ގައި ކަމުގައި ދަންނަވަމެވެ.
# |
މަސް |
ދުވަސްތައް |
1 |
ޖެނުއަރީ |
20 |
2 |
ފެބްރުއަރީ |
04 ، 10 ، 24 |
3 |
މާރޗް |
09 ، 23 |
4 |
އޭޕްރީލް |
06 ، 20 |
5 |
މެއި |
04 ، 18 |
6 |
ޖޫން |
01 ، 15 އަދި 29 |
7 |
ޖުލައި |
13 |
8 |
އޮގަސްޓް |
04 ، 17 އަދި 31 |
9 |
ސެޕްޓެމްބަރ |
14 ، 28 |
10 |
އޮކްޓޯބަރ |
12 ، 26 |
11 |
ނޮވެމްބަރ |
09 ، 23 |
12 |
ޑިސެމްބަރ |
07 |
އިމްތިޙާންގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ މިދަންނަވާ ކަންތައްތަކަށް ސަމާލުކަން ދެއްވަންޖެހޭނެއެވެ.
- އިމްތިޙާން އޮންނަ ދުވަހުގެ 2 ދުވަސް ކުރިން (ބަންދު ދުވަސް ނުހިމަނާ) ފެކަލްޓީ އޮފް ހެލްތް ސައިންސަސްގައި ރަޖިސްޓްރީ ކުރުން.
- އިމްތިޙާން އޮންނަ ދުވަހު ތިމްތިޙާން ފެށުމުގެ 30 މިނިޓް ކުރިން އިމްތިޙާނަށް ޙާޞިރުވުން.
- އިމްތިޙާނަށް ޙާޟިރުވާއިރު ބިދޭސީއެއްނަމަ ޕާސްޕޯޓް އަދި ދިވެއްސެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް، އިމްތިޙާނަށް ފީ ދެއްކިކަމުގެ ރަސީދު އަދި މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ދެއްވާފައިވާ ޕްރީ ރަޖިސްޓްރޭޝަން އޭޕްރޫވަލް ސްލިޕް އާއި އެބޯޑުން ދެއްވާ އިންޓަވިއުއިން ފާސްވިކަމުގެ ލިޔުން ގެނައުން.
އިތުރު މަޢުލޫމާތު މިފެކަލްޓީގެ ފޯނު ނަމްބަރު 3346500 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.