މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
އެސިސްޓެންޓް ލެކްޗަރަރ ގްރޭޑް 1 (އިނގިރޭސި)

 

އިޢުލާނު 

މަޤާމް:

އެސިސްޓެންޓް ލެކްޗަރަރ ގްރޭޑް 1  (އިނގިރޭސި)

މަޤާމުގެ ނަންބަރު:

J-270627

ބޭނުންވާ އަދަދު:

01  (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް.2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ޕޮލިޓެކްނިކް

މުސާރަ:

6295 ރުފިޔާ

ސަރވިސް އެލަވަންސް:

3500 ރުފިޔާ

އެހެނިހެން އެލަވަންސް:

1 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

4-  ސަޕޯޓިންގް ކޯ އެލަވަންސް ގޮތުގައި މަހަކު -/900 ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހިއްޖެނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 ލިބޭނެ (ޓެކްނިކަލް ކޯ އެލަވަންސްގެ ކޯ ޑިސިޕްލިންއަކީ ސްޕެޝަލައިޒްޑް ސަބްޖެކްޓް ނުވަތަ ޓީޗިންގ އެވެ).

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      މޯލްޑިވްސް ޕޮލިޓެކްނިކްއިން ހިންގާ ތަފާތު ކޯސްތަކަށް އިނގިރޭސި ބަސް ކިޔަވައިދިނުމަށް، ޓޭބަލްކުރެވޭ ގަޑިއާއިބަދަލުގައި ނަގަންޖެހޭ ގަޑިއާއެކު ހަފްތާއަކު މަދުވެގެން 20 ގަޑިއިރު ކިލާސްތަކުގައި ކިޔަވައިދިނުން. ޓިއުޓޯރިއަލް އާއި ޢަމަލީ ކްލާސްތަކާއި ޑެމޮންސްޓްރޭޝަން ތަކާއި ވާރކްޝޮޕްތަކާއި ދަރިވަރުންގެ ފީލްޑް ވިޒިޓް ތަކާއި ކްލިނިކަލް ސެޝަންތައް ހިންގުން.                  

2- ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ކޯސްތަކަށް ކިޔަވައިދިނުމާއި ފިލާވަޅު ތައްޔާރު ކުރުމުގައި ރަސްމީގަޑީގެ ވަގުތު އެކަމަށް ހޭދަކުރުމާއި ތިރީގައިވާ މައިގަޑު ކަންތައްތައް ކުރުން.

ހ. އާ މުޤައްރަރު ތައް ފަރުމާކުރުމާއި ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙް ކުރުން.

ށ. ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން ދަރިވަރުން ހުށަހަޅާ ކަންތައްތަކަށް ޖަވާބުދާރީވުން.

ނ. މާއްދާތަކުގެ އިމްތިހާން ކަރުދާސްތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް ކޯޑިނޭޓަރާ ހަވާލުކުރުން.

ރ. އިމްތިހާނަށްފަހު ޙަވާލުކުރެވޭ ޕޭޕަރުތައް ކަނޑައެޅިފައިވާ މުއްދަތުގައި ސާފުކޮށް ކޯޑިނޭޓަރާ ޙަވާލުކުރުން.

ބ. ކިޔަވައިދޭ މާއްދާތައް ކިޔަވައިދެވޭ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި އެކަމަށް މަސައްކަތް ކުރުން.                                            

3- މަރުކަޒު އަދި ޑިޕާޓްމަންޓްގެ ބައްދަލުވުން ތަކުގައި ބައިވެރިވުމާއި، ކޮމިޓީ ތަކުގައި މާއްދާތަކުގެ ޕެނަލް ތަކުގައި ބައިވެރިވެ ޙަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ޖޫނިއަރ ސްޓާފުންގެ ޢިލްމާއި ހުނަރު ތަރައްޤީ ކުރުމަށް އެހީތެރިވެދިނުން.                      

4- ހަމަޖެހިފައި އޮންނަ އުޞޫލުތަކާއި އެއްގޮތަށް ޑިޕާޓްމަންޓަށް ނިސްބަތްވާ ތަންތަނުގެ އިކްވިޕްމަންޓާއި ކިޔަވައިދިނުމަށް ހޯދޭ ފޮތްތައް ބަލަހައްޓަމުން ގެންދަވާތޯ ބެއްލެވުން.      

5- ޑިޕާޓްމަންޓަށް ނިސްބަތްވާ ކޯސް/ސަބްޖެކްޓް ކޯރޑިނޭޓް ކުރުން         

6- މޯލްޑިވްސް ޕޮލިޓެކްނިކުން ހިންގާ މޮބައިލް ޓްރޭނިނގް ކޯސްތައް ރާވާ ހިނގުން    

7- އަމިއްލަގޮތުންނާއި ފަންނީ އެހެން މުވައްޒަފުންނާއި ގުޅިގެން ޢިލްމީ ދިރާސާތައްކޮށް ޝާއިޢުކުރުމަށް މަސައްކަތް ކުރުން.                                     

8- ޕޮލިޓެކްނިކްގެ ދަރިވަރުންނާ ގުޅޭ ކޯކަރިކިއުލަރ އާއި އެކްސްޓްރާކަރިކިއުލަރ އެކްޓިވިޓީސް ތައް ރާވައި ހިންގުމުގައި އެހީތެރިވުން.                                 

9- ދަރިވަރުންގެ އަޚްލާގާއި އުޅުން ރަނގަޅުކުރުމަށް މަސައްކަތް ކުރުމާއި ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށ އަޅާލުން.

10- ޕޮލިޓެކްނިކްގެ ކަންތައްތައް ރަގަޅުކުރުމަށް ހިންގާ ކަންކަމުގައި އެއްބާރުލައި އަމިއްލަގޮތުންވެސް މަސައްކަތް ކުރުން                                             

11- މިނޫންވެސް މަޤާމާއި ގުޅޭގޮތުން ޕްލިޓެކްނިކްއިން ޙަވާލުކުރެވޭ ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުތުތައް:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު

  1. އިނގިރޭސި ބަސް ނުވަތަ އިނގިރޭސި ބަސް ކިޔަވައިދިނުމާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ،
  2. އިނގިރޭސި ބަސް ނުވަތަ އިނގިރޭސި ބަސް ކިޔަވައިދިނުމާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ތަމްރީނު ދިނުމުގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. އިނގިރޭސި ބަސް ނުވަތަ އިނގިރޭސި ބަސް ކިޔަވައިދިނުމާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ތަމްރީނު ދިނުމުގެ ދާއިރާއެއްގެ ވަޒީފާގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  4. މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވަޒިފަގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބިގެންދިޔުމާއެކު، އެމް.އެސް 1 ރޭންކުގެ އިނގިރޭސި ބަހުގެ ތަމްރީނު ދިނުމުގެ ދާއިރާއެއްގެ ވަޒީފާގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  •  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،ނުވަތަ ކޯސްފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
  • މަތީ ތައުލީމީ ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6.  ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ.

7.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8.  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ޙާސިލްކޮށްފައިވާ ތައުލީމަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލްކަން ކަށްވަރުކުރުމަށް ކުރާ އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލްސްއިން.

ރ. މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ތަމްރީނަށް ބަލައިގެން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅާ ތަކެތި ހުށަހަޅާނީ 13 ފެބްރުވަރީ 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މޯލްޑިވްސް ޕޮލިޓެކްނިކްއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.  

އިންޓަވިއު /

ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 16 ފެބްރުވަރީ 2020 އާއި 27 ފެބްރުވަރީ 2020 އާ ދެމެދު، މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

" ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް އާންމުކޮށް ފެންނާނޭހެން މި އިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށައަޅަންވާނެއެވެ.

  

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3305414 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ

30 ޖަނަވަރީ 2020
ހޯދާ