ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލައިބްރެރީއަށް އާރް.އެފް.އައިޑީ ޑިޓެކްޝަން ސިސްޓަމްއެއް ހޯދުމަށް ކުރި އިޢުލާންގެ އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލައިބްރެރީއަށް އާރް.އެފް.އައިޑީ ޑިޓެކްޝަން ސިސްޓަމްއެއް ހޯދުމަށް ކުރި އިޢުލާންގެ އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

 

 

މި ޔުނިވަރސިޓީގެ ނަންބަރު  (IUL)170-PR/170/2020/7 (22 ޖަނަވަރީ 2020) އިޢްލާނާއި ގުޅޭގޮތުން ދަންނަވަމެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލައިބްރެރީއަށް އާރް.އެފް.އައިޑީ ޑިޓެކްޝަން ސިސްޓަމްއެއް ހޯދުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ތާރީޚް ކަމުގައިވާ 03 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވާތީ، އަންދާސީ ހިސާބު ހުށަހެޅުމުގެ ތާރީޚް ބަދަލުކުރެވިފައިވާ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން 04 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުގެ 11:00އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.   

މި އިޢުލާންއާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ މި ޔުނިވަރސިޓީގެ ނަންބަރު:    3022120/3022115 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެވެ.

 

 

30 ޖަނަވަރީ 2020
ހޯދާ