މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އޮފީސް ފަރުނީޗަރ ގަތުމަށް
އިއުލާން
އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ މިކުންފުނީގެ ހެޑުއޮފީހަށް ބޭނުންވާ ބައެއް ފަރުނީޗަރު މިކުންފުނިން ފޯރުކޮށްދޭ ކުރެހުމާއި ބިލް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިއު) އާ އެއްގޮތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލާާއި އެއްގޮތްވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
06 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 11:45 އަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް |
12 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ 11:45 އަށް |
ނޯޓް:
- އަގު ހުށަހެޅުމުގެ ފުރުސަތު ލިބޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
- މަޢުލޫމާތު ފުރިހަމަނޫން ކޯޓޭޝަންތައް ބާތިލް ކުރެވޭނެއެވެ.
- މި އިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- މި އިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ މިކުންފުނީގެ ނަންބަރު 3335614 އަށް ގުޅުއްވުން އެދެމެވެ.
30 ޖެނުއަރީ 2020،
އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21 (2 ވަނަ ފަންގިފިލާ)
އޯކިޑް މަގު
މާފަންނު
މާލެ، ދިވެހިރާއްޖެ
ފޯން:3335614
30 ޖަނަވަރީ 2020
ހޯދާ