ދިވެހިރާއްޖެ
2020ވަނަ އަހަރުގެ މާދަރީ ބަހުގެ ދަވަހާ ގުޅިގެން އާންމުންނަށް ރައިވަރު ކިޔުމުގެ މުބާރާތެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި 18އަހަރުން މަތީގެ ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވިދާނެއެވެ.
މި މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ 2020ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 22ވަނަ ދުވަހުއެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމު ފުރިހަމަކުރުމަށް ފަހު ބައިވެރިވާ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ފޮޓޯ ޖެހި ރަސްމީ ލިޔުމެއްގެ (ނަކަލުކަން ކަށަވަރުކޮށްފައިވާ ލިޔުމެއް) މި އަންނަ މަހުގެ 13ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މި އެކެޑަމީއަށް ހުށަހެޅުން އެދެމެވެ.
އީމެއިލުން ފޮނުވާ ނަމަ ފޮނުވާނީ [email protected] އަށެވެ.
މި މުބާރާތުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމު މި އެކެޑަމީންނާއި މި އެކެޑަމީގެ ވެބްސައިޓް www.dhivehiacademy.edu.mvން ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު މި އެކެޑަމީގެ ނަންބަރު 3028002އިން ލިބޭނެއެވެ.