މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ޒޯން ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިޙާނު ކުރާނެ ބޭފުޅަކު ހޯދުމާބެހޭ

އިޢުލާން

           އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ޒޯން ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިހާނު ކުރާނެ ބޭފުޅަކު ބޭނުންވެއްޖެއެވެ. އިމްތިހާނު އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މައްސަލަތަކަކީ އެހެން ވަޒީފާ އެއްގައި އުޅެމުން ޕާޓްޓައިމްކޮށްވެސް ކުރެވިދާނެ މަސައްކަތެވެ.

  • ބޭނުންވާ އަދަދު: 1

ޝަރުތު

*  ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.

*  ދޫކުރި ތާރީހުން ފެށިގެން މަދުވެގެން 2 އަހަރު ދުވަސްވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ދާއިމީ ލައިސަންސް އޮތުން.

*  އުމުރުން 55 އަހަރު ނުވުމާއި އެކު ރަނގަޅު ސިއްޙަތެއްގައި ހުރުން.

*  ޑްރައިވިންގ ސްކޫލަކާއި އެއްވެސް ގުޅުމެއް އޮތް ފަރާތެއް ކަމުގައި ނުވުން.

   އުޖޫރަ

  • A1,A ގިންތިގެ އުޅަނދެއް އިމްތިޙާން ކުރާނަމަ -/15 ރ.
  • އެހެނިހެން ގިންތީގެ އުޅަނދެއް އިމްތިހާން ކުރާނަމަ -/25 ރ.

    އެގްޒަމިނަރުން ހޮވުމުގައި ދާއިމީ ލައިސަންސްގައިވާ ކެޓަގަރީގެ އަދަދަށާއި، ލައިސަންސްގެ މުއްދަތަށާއި، އަދި ގިނަ ވަގުތު ރަށުގައި ހުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ. މިގޮތުން އެގްޒަމިނަރުން ހޮވުމުގައި މި އިދާރާއަށް ފެނިއްޖެނަމަ ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރެވޭނެއެވެ.

    ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 06 ފެބްރުވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއިން ދޫކުރާފޯމް ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

28 ޖަނަވަރީ 2020
ހޯދާ