މަޤާމް
|
ބަގީ ޑްރައިވަރ
|
ބޭނުންވާ ޢަދަދު
|
01 (އެކެއް)
|
މަޤާމް އޮތް އޮފީސް
|
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
|
ވަޒީފާގެ ބާވަތް
|
ވަގުތީ (02 އަހަރު)
|
ސެކްޝަން
|
މުނިސިޕަލް ސަރވިސް ސެކްޝަން
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ރަސްމާދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ / ރ. ރަސްމާދޫ
|
ވަޒީސާ އަދާކުރަންޖެހޭ ވަގުތު
|
08:00 އިން 15:00 އަށް (07 ގަޑިއިރު)
|
މުސާރައާއި އިނާޔަތް
|
އަސާސީ މުސާރަ: -/3100ރ. ސާރވިސް އެލަވަންސް: -/1000ރ. ރިސްކް އެލަވަންސް: -/1900ރ.
|
|
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ވޭސްޓް މެނޭޖްކުރުމުގެ ޕްރޮގްރާމްގައި ރަޖިސްޓްރީ ވެފައިވާ ހުރިހާ ތަނަކުން ކުނިނަގައިގެން ބަގީގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރއަށް ގެންދިއުމާއި ތަނުގެ ޖާގަނުގެއްލޭނެ ގޮތަށް ބަގީ ހުސްކުރުން.
- ކޮންމެ ދުވަހަކުވެސް ކުނިނަގާ ނިންމާ ބަގީ ސާފުކޮށް، ބެޓްރިޗާޖު ކުރަންޖެހޭތޯ ބަލައި ޗެކްކޮށް ބެލެހެއްޓުން.
- ބަގީއަށް ދިމާވާ އެކިއެކި މައްސަލަތައް ކައުންސިލަށް އަންގާ ހައްލުކުރުމަށް އަމަލީގޮތުން މަސައްކަތް ކުރުން.
- ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މުވައްޒަފުންގެ މަސައްކަތްތައް ބަލައި މޮނިޓަރކޮށް ސްޕަވައިޒްކުރުން.
- ވޭސްޓް މެނޭޖްމަންޓް ޕްރޮގްރާމްގައި ބައިވެރިވެފައިވާ މީހުން ދިރިއުޅޭ ގޯތިތަކާއި، ފަޅުގޯތިތަކުގެ ލިސްޓްތައް ބަލައި އެތަންތަނުން ގަވާއިދުން ކުނި ނެގެމުންދާކަން ކަށަވަރުކުރުން.
- އަދި މި ޕްރޮގްރާމްގައި ބައިވެރިވެފައިނުވާ ތަންތަނުންނެގޭ ކުންޏާއި ދުވަހު ކުނީގެ އިތުރުން ނެގޭކުނީގެ މައުލޫމާތު ނޯޓްކޮށް ގަވައިދުން ކައުންސިލް އިދާރާއަށް އެންގުން.
- ވޭސްޓް މެނޭޖްމަންޓް ޕްރޮގްރާމްގެ ގޭޓްފީގެ ގޮތުގައި ދައްކާ ފައިސާ ބަލައިގަނެ އޮފީހާ ހަވާލުކުރުން.
- މީގެއިތުރުންވެސް ވަޒީފާއާ ގުޅިގެން މަސައްކަތުގެ ވަގުތުގައި ކުރަންޖެހޭ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން.
|
މަގާމުގެ ޝަރުޠު:
|
- މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރެޓީއިން ދޫކުރާC4 ނުވަތަ 3C ކެޓަގަރީ ލައިސަންސް އޮތް ފަރާތެއް ކަމުގައިވުން.
- ލިޔަންކިޔަން އެނގުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހިވާގި މީހެއް ކަމުގައިވުން.
- މިވަޒީފާގެ މަސްއޫލިއްޔަތު ބަރާބަރަށް އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި ދިވެހިރައްޔިތެއް ކަމުގައިވުން.
- އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިލައްވާފައިވާ ތައުލީމާއި ތަމްރީން
- ލިބިލައްވާފައިވާ މަސައްކަތު ތަޖުރިބާ
- މަސައްކަތުގެ ހުނަރާއި ،ޤާބިލްކަމާއި ،ފެންވަރާއި ، ބޭނުންވާ ސިފަތައް
|
ވަޒީފާގެ އިންޓަވިއު، ޕްރެކްޓިކަލްސް އަދި ޓެސްޓް އޮންނާނެ ތާރީޚާއި ތަން:
|
- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިޔު އަދި ޕްރެކްޓިކަލް އޮންނާނީ ރ.ރަސްމާދޫގައެވެ.
- މަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު އައި ޓެސްޓް އޮންނާނެ ތާރީޚާއި ގަޑި 24 ގަޑިއިރު ކުރިން ރަސްމާދޫ ކައުންސިލު އިދާރާއިން އަންގާނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
- ދާއިރާއާއި ގުޅޭ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ އައިޑީކާޑުގެ ސާފު ކޮޕީއެއް.
- ލައިސަންސްގެ ކޮޕީ.
*ނޯޓް: އެޕްލިކޭޝަން ފޯމު ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.
|
ވަޒީފާއަށް އެދި ހުށައެޅުމުގެ ސުންގަނޑި:
|
ވަޒީފާއަށް އެދޭފޯމް ފުރިހަމަކޮށް (ހުށައަޅަންޖެހޭ ލިޔުންތަކާއެކު) 05 ފެބްރުއަރީ 2020 ވާ (ބުދަ) ދުވަހުގެ މެންދުރު ފަހު 13:00 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ އަށް ހުށަހެއުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6580049 ފޯނާއެވެ.
|