މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެށިފާރަވެރިޔާ

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

މިކައުންސިލުން ކުރިއަށް ގެންދާ ވޭސްޓްމެނޭޖްމަންޓް ޕްރޮގްރާމްގެ ދަށުން ރަސްމާދޫ އިޖްތިމާޢީ ސަރަޙައްދުތައް ސާފުތާހިރުކޮށް ބެލެހެއްޓުމުގެ

މަސައްކަތް ކޮށްދޭނޭ މުވައްޒަފުން ބޭނުންވެއްޖެއެވެ. މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ،

މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމް

ވެށިފާރަވެރިޔާ

ބޭނުންވާ ޢަދަދު

10 (ޝައުޤުވެރިކަން ފާޅުކޮށް ފޯމް ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިޔުކޮށް އެންމެ މަތިން މާރކްސް ލިބޭ  ފަރާތްތަކެއް ވަޒީފާއަށް ނެގޭނެއެވެ.(

މުސާރަ:

-/1000ރ

ސަރވިސް އެލަވަންސް:

-/600ރ

މަޤާމް އޮތް އޮފީސް

މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ

ވަޒީފާގެ ބާވަތް

ވަގުތީ ( 01 އަހަރު )  

ސެކްޝަން

މުނިސިޕަލް ސަރވިސް ސެކްޝަން / ވޭސްޓް މެނޭޖްމަންޓް ޕްރޮގްރާމް

ވަޒީފާ އަދާކުރަންޖެހޭ ތަން

ރަސްމާދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ / ރ. ރަސްމާދޫ

ވަޒީސާ އަދާކުރަންޖެހޭ ވަގުތު

ހެނދުނު 06:30 ން 08:30 އަށް (ކައުންސިލުން އެދުވަހު ސާފުކުރުމަށް އަންގާ ސަރަޙައްދެއް ސާފުކޮށް ނިމެންދެން.)

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު

1- ކައުންސިލުން ކަނޑައަޅާ ތާވާލައި އެއްގޮތަށް (އަމިއްލަ އިލޮށިފަތި މަށަންދަތި ފަދަ ތަކެތި ބޭނުންކޮށްގެން) ކައުންސިލުން ކަނޑައަޅާފައިވާ ރަށުގެ އެކި ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުން.

 

2-  ހާއްސަ މުނާޞަބަތުތަކަށާއި ރަސްމިއްޔާތުތަކަށް ވަކި ސަރަޙައްދެއް ސާފުކުރުމަށް ކައުންސިލުން އަންގައިފި ހިނދެއްގައި ކައުންސިލުން އަންގާ ގަޑިއަކަށް އެތަނެއް ސާފުކޮށް ތައްޔާރުކޮށްދިނުން

 

3- އެދުވަހަކު ސާފުކުރާ ސަރަޙައްދެއްގެ ކުނި ކައުންސިލުން އަންގާ ގޮތެއްގެ މަތިން އެއްކޮށް، ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މުވައްޒަފުންނަށް އަންގައިގެން ކުނިތައް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދިޔުމުން އިންތިޒާމް ހަމަޖެއްސުން. އަދި ކޮންމެ ދުވަހަކު ނެގޭ ކުނި އެދުވަހަކު ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދެވޭކަން ކަށަވަރުކުރުން.

 

 

4- ކައުންސިލުން ކުރިއަށް ގެންދާ ވޭސްޓް މެނޭޖްމަންޓް ޕްރޮގްރާމް ތަންފީޛުކުރުމުގައި ކައުންސިލުން އަންގާ ކަންކަން ކުރިއަށް ގެންދިޔުން.

 

5-  މީގެއިތުރުންވެސް ވަޒީފާއާ ގުޅިގެން މަސައްކަތުގެ ވަގުތުގައި ކުރަންޖެހޭ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން.

                               

 

 

ޝަރުޠު

  1.  ލިޔަން ކިޔަން އެނގުން، މަގާމުގެމައްސޫލިއްޔަތު އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރުން.

 2.  އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

1 -މަސައްކަތުގެ ހުނަރާއި ،ޤާބިލްކަމާއި ،ފެންވަރާއި ، ބޭނުންވާ ސިފަތައް

2- މަސައްކަތުގައި ގިނަވަގުތު އުޅޭވޭނެ ފަރާތްތަކަށް

 

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަދި އިމްތިޙާން ކުރުން އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިޔު އަދި ޕްރެކްޓިކަލް އޮންނާނީ ރަސްމާދޫގައެވެ.  މަޤާމަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ދެވޭ  އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި އަދި ތަނާބެހޭ މައުލޫމާތު 24 ގަޑިއިރު ކުރިން ރަސްމާދޫ ކައުންސިލު އިދާރާއިން އަންގާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

01-  ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް . އެޕްލިކޭޝަން ފޯމު ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

02-  ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

03-  ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

2020 ފެބްރުއަރީ 05 ވާ (ބުދަ) ދުވަހުގެ މެންދުރު ފަހު 13:00 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6580049 ފޯނާއެވެ.

             ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.              

                           28 ޖަނަވަރީ 2020

                                                   

 

28 ޖަނަވަރީ 2020
ހޯދާ