ދިވެހިރާއްޖެ
ނަމްބަރ: 254/254/2020/5(IUL)
އިޢުލާން
ތަކަންދޫއިން ގޯތި ދޫކުރުމުގެ ފުރުޞަތު ހުޅުވާލުން.
1. ތަކަންދޫއިން 3000 (ތިންހާސް) އަކަފޫޓުގެ 25 ގޯއްޗާއި 3990 (ތިންހާސް ނުވަސަތޭކަ ނުވަދިހަ) އަކަފޫޓްގެ 1 ގޯތި ދޫކުރާގޮތަށް ހަމަޖައްސައިފީމެވެ. ގޯތިތައް ދޫކުރަނީ، ތަކަންދޫގެ އިރުމަތީ ކުޅީގެ ހުޅަނގުން ޔަމަން ކިޔާ ގޯތީގެ އިރު އުތުރުގައިވާ ސަރަޙައްދުން 3000 (ތިންހާސް) އަކަފޫޓުގެ 07 ގޯއްޗާއި، އެވެނިއު ކިޔާ ގޯތީގެ އިރުމަތިން 3000 (ތިންހާސް) އަކަފޫޓުގެ 2 ގޯތި، ވެލީ ކިޔާ ގޯތީގެ އިރުމަތިން 3000 (ތިންހާސް) އަކަފޫޓުގެ 2 ގޯތި، ޑޭލައިޓް ކިޔާ ގޯތީގެ ދެކުނުން 3000 (ތިންހާސް) އަކަފޫޓުގެ 01 ގޯތި، ޑޭލައިޓް ކިޔާ ގޯތީގެ އިރުން 3000 (ތިންހާސް) އަކަފޫޓުގެ 04 ގޯތި، ފެންފިޔާޒް މަގުން ދެކުނުން 3000 (ތިންހާސް) އަކަފޫޓުގެ 08 ގޯތި، އޯބިޓް ކިޔާ ގޯތީގެ އުތުރުން 3000 އަކަފޫޓްގެ 1 ގޯތި، ތަރިކަ ކިޔާ ގޯތީގެ އިރަށް ކުރިކީލަ ކިޔާ ގޯތީގެ އުތުރުން 3990 (ތިންހާސް ނުވަސަތޭކަ ނުވަދިހަ) އަކަފޫޓުގެ 01 ގޯއްޗެވެ.
2. މި ފަހަރު ގޯތި ދޫކުރަނީ ސަރުކާރުން އެކުލަވާލައި ޢާއްމުކުރައްވާފައިވާ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާއި 18 ޖުލައި 2019 ގައި ކައުންސިލުން ފާސްކޮށްފައިވާ، ތަކަންދޫއިން ގޯތި ދޫކުރުމުގެ އުޞޫލު ގައިވާ ގޮތުގެމަތިން ގޯތި ހޯދުމަށް އެދޭ، ގޯތި ލިބުމުގެ ޝަރުޠު ހަމަވާ މީހުންގެ ތެރެއިން އެންމެމަތިން ޕޮއިންޓުލިބޭ 26 (ސައްބީސް) ބޭފުޅުންނަށެވެ.
3. 18 ޖުލައި 2019 ގައި ކައުންސިލުން ފާސްކުރި، "ތަކަންދޫއިން ގޯތި ދޫކުރުމުގެ އުޞޫލު" މި އިޢުލާނާއެކު ޢާއްމުކުރަމެވެ.
ވީމާ، ތަކަންދޫއިން ގޯތި ހޯއްދެވުމަށް ބޭނުންފުޅުވާ ބޭފުޅުން، މިއިދާރާއިން ދޫކުރާ "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު" ފުރިހަމަކުރައްވައި މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ 29 ޖަނަވަރީ 2020ން 16 ފެބްރުއަރީ 2020ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށެވެ.
.