ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ ކޮލަމާފުށީގެެ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ދުރުރާސްތާ ތަރައްޤީޤެ ޕްލޭން އެކްލަވާލުން

     މިރަށުގެ ކުރިއަށް އޮތް 20 އަހަރުގެ ދުރު ރާސްތާ ތަރައްޤީޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިއިދާރާއިން ކުރި އިޢުލާން ނަންބަރ (IUL)406-esms-m/INDIV/2019/26 ބާތިލްކޮށް އަލުން އެމަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

                        ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 3 ފެބްރުއަރީ 2020  ވާ ހޯމަދުވަހު 13:00 އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފްކުރެއްވުމަށް ފަހު 10 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެެދެމެވެ.

                        ކަނޑައެޅިފައި ގަޑިއަށް މައުލޫމާތު ސާފްކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށް ނުދެވޭނެއެވެ. މި މަސައްކަތައް އަންދާސީ ހިސާބް ހުށަހަޅަންވާނީ ކުންފުނިތަކާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެވިޔަފާރިއެއް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކުންނެވެ. އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި މީރާގައި ރަޖިސްޓްރީކޮށްފައިވާކަމުގެ ލިޔުން ހުށަނާޅާނަމަ އަންދާސީ ހިސާބް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

    މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

28 ޖަނަވަރީ 2020
ހޯދާ