ދިވެހިރާއްޖެ
މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީ ކުރުމުގެ ކުރިން ފެންވަރު ބެލުމުގެގޮތުން ދެވޭ އިމްތިޙާނާ ބެހޭ.
ރާއްޖޭގައި މަސައްކަތްކުރައްވާ ފާމަސިސްޓުންނާއި، މެޑިކަލް ލެބޯރެޓަރީ ޓެކްނޮލޮޖިސްޓުންނާއި، ކޮމިއުނިޓީ ހެލްތް/ ޕްރައިމަރީ ހެލްތް ކެއަރގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ޚާއްސަކޮށްގެން ފެންވަރު ބެލުމުގެގޮތުން ދެވޭ ކޮމްޕިޓެންސީ އިމްތިޙާނާ ބެހޭގޮތުން ކުރެވިފައިވާ ނަންބަރު: 21/2019/MED/153-FHS އިޢުލާނު ގައިވާ ތާރީޚްތަކަށް ބަދަލު ގެނެވިފައިވާތީ، އެ އިޢުލާން ބާޠިލްކޮށް، މި އިޢުލާނުގައިވާ ތާރީޚް ތަކުގައި ފެންވަރު ބެލުމުގެގޮތުން ދެވޭ ކޮމްޕިޓެންސީ އިމްތިޙާން ފެކަލްޓީގައި ބޭއްވޭނީ ތިރީގައި މި ދަންނަވާ ތާވަލުގައިވާ ދުވަސްތަކުގައި ހެނދުނު 10:00 ގައި ކަމުގައި ދަންނަވަމެވެ.
# |
މަސް |
ދުވަސްތައް |
1 |
ޖެނުއަރީ |
20 |
2 |
ފެބްރުއަރީ |
03 އަދި 17 |
3 |
މާރޗް |
02 ، 16 އަދި 30 |
4 |
އޭޕްރީލް |
13 އަދި 27 |
5 |
މެއި |
11 އަދި 31 |
6 |
ޖޫން |
08 އަދި 22 |
7 |
ޖުލައި |
06 އަދި 20 |
8 |
އޮގަސްޓް |
04 ، 17 އަދި 31 |
9 |
ސެޕްޓެމްބަރ |
14 އަދި 28 |
10 |
އޮކްޓޯބަރ |
12 އަދި 26 |
11 |
ނޮވެމްބަރ |
09 އަދި 23 |
12 |
ޑިސެމްބަރ |
07 |
އިމްތިޙާންގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ މިދަންނަވާ ކަންތައްތަކަށް ސަމާލުކަން ދެއްވަންޖެހޭނެއެވެ.
- އިމްތިޙާން އޮންނަ ދުވަހުގެ 2 ދުވަސް ކުރިން (ބަންދު ދުވަސް ނުހިމަނާ) ފެކަލްޓީ އޮފް ހެލްތް ސައިންސަސްގައި ރަޖިސްޓްރީ ކުރުން.
- އިމްތިޙާން އޮންނަ ދުވަހު ތިމްތިޙާން ފެށުމުގެ 30 މިނިޓް ކުރިން އިމްތިޙާނަށް ޙާޞިރުވުން.
- އިމްތިޙާނަށް ޙާޟިރުވާއިރު ބިދޭސީއެއްނަމަ ޕާސްޕޯޓް އަދި ދިވެއްސެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް، އިމްތިޙާނަށް ފީ ދެއްކިކަމުގެ ރަސީދު އަދި މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ދެއްވާފައިވާ ޕްރީ ރަޖިސްޓްރޭޝަން އޭޕްރޫވަލް ސްލިޕް އާއި އެބޯޑުން ދެއްވާ އިންޓަވިއުއިން ފާސްވިކަމުގެ ލިޔުން ގެނައުން.
އިތުރު މަޢުލޫމާތު މިފެކަލްޓީގެ ފޯނު ނަމްބަރު 3346500 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.