މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވަރު

މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ

        ފޭދޫ، ދިވެހިރާއްޖެ.       

       ނަންބަރު:IUL)274/INDIV/2020/6)   

އިޢުލާނު

                     މިރަށު ކުނިކޮށީގައި މަސައްކަތް ކުރުމަށް ތިރީގައިވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.   

މަޤާމް

ޑްރައިވަރު

ބޭނުންވާ ޢަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ވަގުތީ (01 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން

މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު -/3000ރުފިޔާ

ރިސްކް އެލަވަންސް:

-/100ރުފިޔާ (މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް)

ސަރވިސް އެލަވަންސް:

-66.66ރުފިޔާ (މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް)

މަސައްކަތްކުރަންޖެހޭ ދުވަހާއި ގަޑި

ހަފްތާއަކު 6 ދުވަހު، ދުވާލަކު 06 ގަޑިއިރު

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

ޑްރައިވަރުގެ މަސްއޫލިއްޔަތުތައް

  • ކައުންސިލުން ހަމަޖައްސާ އުސޫލެއްގެ މަތިން އެދުވަހަކު ކުނި ނެގުމަށް ކަނޑައަޅާ ސަރަހައްދުތަކުން ކުނި ނެގުން
  • ކޮންމެ ދުވަހަކު ކުނިނަގާ ނިމުމުން ޕިކަޕް ރީއްޗަށް ދޮވެ ސާފުކުރުން
  • ކުނި ވަކިނުވެ ހުންނަ ގެތަކާއި ތަންތަނާއި ހާއްސަ ކުނި ގެންގުޅުމުގައި ޤަވާޢިދާއި ޚިލާފަށް އަމަލުކުރާ ފަރާތްތަކުގެ މަޢުލޫމާތު ނޯޓުކުރުމާއި، ދުވަހުން ދުވަހަށް ކައުންސިލުން ކަނޑައަޅާ ފަރާތަކާއި ހިއްސާ ކުރުން
  • ޕިކަޕަށް ދިމާވާ މައްސަލަތައް ވަގުތުން އެންގުން
  • ޕިކަޕުން ތެޔޮ ހުސްނުކޮށް ޤަވާޢިދުން ތެޔޮ އެޅުމާއި، އަޑީ ތެޔޮ، ގިޔަރު ތެޔޮ، އަދި ބުރެކި ތެޔޮ ޤަވާއިދުން ބަދަލުކުރުމާއި، ބެޓެރި ފެނާއި ރޭޑިއޭޓަރު ފެން ޗެކް ކުރުން
  • ކުނި ކޮށީގައި މަސައްކަތް ކުރުމަށް ބޭނުންވާ ތަކެތި ހޯދަން އެންގުމާއި އެ ތަކެތި ބެލެހެއްޓުން
  • ކުނިކޮށީގެ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒްކުރުން

މަޤާމުގެ ޝަރުތުތައް

  1. އެއްގަމު އުޅަނދު ދުއްވުމުގެ ކެޓަގަރީ C1 އިން މަތީގެ ލައިސަންސްއެއް އޮތުން

މަޤާމް

މަސައްކަތު

ބޭނުންވާ ޢަދަދު

04 (ހަތަރެއް)     

މަޤާމުގެ ގިންތި

ވަގުތީ (01 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން

މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު -/2500ރުފިޔާ

ރިސްކް އެލަވަންސް:

-/50ރުފިޔާ (މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް)

ސަރވިސް އެލަވަންސް:

-66.66ރުފިޔާ (މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް)

މަސައްކަތްކުރަންޖެހޭ ދުވަހާއި ގަޑި

ހަފްތާއަކު 6 ދުވަހު، ދުވާލަކު 06 ގަޑިއިރު

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

މަސައްކަތު މުވައްޒަފުގެ މަސްއޫލިއްޔަތުތައް

  • ރަށު ތެރެއިން ނަގަންޖެހޭ ކުނި ކައުންސިލުން އަންގާ ގޮތެއްގެ މަތިން ނަގާ، ކުނިކޮށްޓަށް ގެންދިއުން
  • ކުނި ނައްތާލުމަށް ކައުންސިލުން ހަމަޖައްސާ އުސޫލެއްގެ މަތިން ކުނި ނައްތާލުމުގެ މަސައްކަތް ކުރުން
  • ކުނިކޮށްޓާއި ކުނި އަންދާ އަށި ސާފުކޮށް ބެލެހެއްޓުން

 

 

 

މަޤާމުގެ ޝަރުތުތައް

  1. ލިޔަންކިޔަން އެގުން

(ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ސްކޫލް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.)

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމް ށ.ފޭދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާ އަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

4- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

5- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

6- އެއްވެސް ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

7. ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ  ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ލިބިފައިވާ ތަޢުލީމް.

މަސައްކަތު ތަޖުރިބާ.

އިންޓަވިއު.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން، މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected]މެދުވެރިކޮށްވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނަޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

(ނޯޓް: އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ގަޑި ޖެހުމުގެ ކުރިން ލިބުނުތޯ ޗެކްކޮށް ބެލުމަކީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުން ކުރަންޖެހޭ ކަމެކެވެ.)

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 06 ފެބްރުއަރީ 2020އާއި 06 މާރޗް 2020އާ ދެމެދު، މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އިންޓަވިއު އޮންނާނެ ގަޑިއާއި ތާރީޚް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން އަންގާނެއެވެ. ވީމާ، މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން މި މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވެވޭގޮތަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540045 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

04 ޖުމާދަލްއާޚިރާ 1441

27 ޖެނުއަރީ 2020

27 ޖަނަވަރީ 2020
ހޯދާ