މަގާމު:
|
އެސިސްޓެންޓް ބިޔުރޯ އޮފިސަރ
|
މަގާމުގެ ރޭންކް:
|
ޖީ.އެސް.1
|
ބޭނުންވާ އަދަދު:
|
1
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.
|
ޑިޕާޓްމަންޓް
|
ކޮމިޝަނަރުގެ ބިޔުރޯ
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ،
- ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސާނަވީ އިމްތިހާނުގައި ދިވެއްސާއެކު ޖުމުލަ 5 މާއްދާއަކުން ފާސްވެފައިވުން އަދި،
- ބޭސިކް ކޮމްޕިއުޓިންގ ދަންނަ، ތާނަ ކީބޯޑަށް ފަރިތަ މީހެއް ކަމުގައިވުން.
|
މައިގަނޑު މަސްއޫލިއްޔަތު:
|
- ކޮންމެ ދުވަހެއްގެވެސް ކުރެވޭ މަސައްކަތުގެ މައްޗަށް ބިނާކޮށް އެދުވަހުގެ ޔުނިޓު ޔައުމިއްޔާ ލިޔުން.
- ކޮމިޝަނަރުގެ މަސައްކަތްތައް ކޮމިޝަނަރުގެ ލަފާގެ މަތިން ބެލެހެއްޓުމުގައި އެހީތެރިވުން.
- މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބޭރުގެ އެކިފަރާތްތަކާ އޮފީހުގެ ފަރާތުން ގުޅުން ޤާއިމުކޮށް މަޢުލޫމާތު ހިއްސާކުރުމުގައި އެހީތެރިވުން.
- ކޮމިޝަނަރަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުވައިދިނުމާއި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުމުގައި އެހީތެރިވުން.
- ކޮމިޝަނަރ ބައިވެރިވާ ބައްދަލުވުންތަކާއި ޖަލްސާތަކާއި ޙަފުލާތަކުގެ ޕްރޮޓޮކޯލް ކަންތައް ވިލަރެސްކޮށް އިންތިޒާމުތައް ހަމަޖެއްސުމުގައި އެހީތެރިވުން.
- ކޮމިޝަނަރުގެ ލަފާގެ މަތީން ކޮމިޝަނަރުގެ ތަޤުރީރުތައް ލިޔެދިނުމުގައި އެހީތެރިވުން.
- ކޮމިޝަނަރުގެ މަސައްކަތްތަކުގެ ރެކޯޑް ބެލެހެއްޓުމާއި ކޮމިޝަނަރުގެ މަސައްކަތު ތާވަލު (ޝެޑިއުލް) ބަލަހައްޓައި އެ ތާވަލަށް ޢަމަލުކުރުވުމަށް އެހީތެރިވެދިނުން.
- ކޮމިޝަނަރު ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ޔައުމިޔާގައި ހިމެނުމަށްޓަކައި ޔައުމިއްޔާ ލިޔާ މުވައްޒަފާ ޙަވާލުކުރުން.
- ކޮމިޝަނަރުގެ އެޕޮއިންޓްމަންޓްތައް ހަމަޖައްސައި އިންތިޒާމުކުރުމުގައި އެހީތެރިވުން.
- މަޤާމުގެ ޙައިސިއްޔަތުން ކޮމިޝަނަރު އަންގާ އެހެނިހެން ކަންކަން ކުރުން.
- ތާވަލާ އެއްގޮތަށް އޮފީސް ހުޅުވައި ލެއްޕުން.
|
އުޖޫރަ އާއި އިނާޔަތްތައް:
|
- އަސާސީ މުސާރަ: (މަހަކު) 6،000.00 ރުފިޔާ.
- ސަރވިސް އެލަވަންސް: (މަހަކު): 2،000.00 ރުފިޔާ
- އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
މި މަގާމަށް މީހުން ހޮވުމުގައި ބަލާނެ އިތުރު ކަންތައްތައް:
|
- މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު
- މީހުންނާ އަދަބުވެރިކޮށް މުޢާމަލާތުކުރަން އެނގޭ މިންވަރު
- އިނގިރޭސި ބަހާއި ދިވެހިބަހަށް ހުރި ކުޅަދާނަކަން
- ކޮމްޕިޔުޓިންގ އަހުލުވެރިވެފައިވާ މިންވަރު
- އިތުރު ގިނަ ހުނަރުތައް ހުރުން
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭފޯމު (ފުރިހަމަކޮށްފައި)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު (އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖަހައިފައި)
- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު
- ވަޒީފާ އަދާކުރިގޮތުގެ ލިޔުން (އޮތްނަމަ)
|
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި ތަން:
|
30 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހު 13:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ގ.ބިއްލޫރިޖެހިގެ، މާލެ، ދިވެހިރާއްޖެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990 ނަންބަރު ފޯނާއެވެ. މި މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން 10 އަށް ވުރެ ގިނަ ނަމަ އޭގެ ތެރެއިން މަދުވެގެން 10 މީހުންނާ އިންޓަވިއު ކުރެވޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ ގިނަ ވެގެން ދެހަފުތާއެއްގެ ތެރޭގައި މަގާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުތައް ކުރިޔަށް ގެންދެވޭނެއެވެ. ނުހޮވޭ މީހުނަށް އެކަން ފޯނުން ގުޅައި އެންގޭނެއެވެ.
|