މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް 17 ކޮމްޕިއުޓަރ ސިސްޓަމް އަދި 08 މޮނީޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

                                                                   ނަންބަރު: IUL)471-CDS3/1/2020/37)

  

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް 17 ކޮމްޕިއުޓަރ ސިސްޓަމް އަދި 08 މޮނީޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް 17 ކޮމްޕިއުޓަރ ސިސްޓަމް އަދި 08 މޮނީޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 03 ފެބުރުވަރީ 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން  މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ވަޑައިގެން ބީލަމުގައި ރަޖިސްޓްރީކުރައްވަންވާނެއެވެ. ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ.

ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 04 ފެބުރުވަރީ 2020 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި އިޢުލާން ނަންބަރު، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

ބިޑް ސެކިއުރިޓީ، ޕާފޯމަންސް ސެކިއުރިޓީ އަދި އެޑްވާންސް ޕޭމަންޓް

މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 6,307.8ރ (ހަހާސް ތިންސަތޭކަ ހަތް ރުފިޔާ އަށްލާރި) ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޙުން ފެށިގެން 30 ދުވަހެވެ. މި މަސައްކަތުގެ ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 03 ފެބުރުވަރީ 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން    [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

                                                      01 ޖުމާދުލް އާޚިރު 1441ހ.

                                                      26 ޖަނަވަރީ 2020މ.

26 ޖަނަވަރީ 2020
ހޯދާ