ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އިންޓަރ ސްކޫލް ނެޓްބޯލް މުބާރާތް 2020

މިއެސޯސިއޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން 6 މާރޗް 2020 ގައި ބޭއްވުމަށް ހަމަޖެހިފައިވާ 23 ވަނަ އިންޓަރސްކޫލް ނެޓްބޯލް މުބާރާތުގައި ބައިވެރިވާން އެދޭ ސްކޫލްތަކުން 30 ޖެނުއަރީ 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވާ އުމުރުފުރައާއި، މިމުބާރާތާއި ގުޅިގެން އެސްކޫލަކާއި މުއާމަލާތްކުރާނެ ފަރާތެއްގެ ނަމާއި، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް އެނގޭނޭގޮތަށް ލިޔުމަކުން މިއެސޯސިއޭޝަނަށްގެ އީމެއިލް [email protected] އަށް ފޮނުވާދެއްވުން އެދެމެވެ. އަދި ޓީމްލިސްޓް 16 ފެބްރުއަރީ 2020 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަން އަށް ހުށަހެޅުއްވުން އެދެމެވެ.

23 ވަނަ އިންޓަރ ސްކޫލް ނެޓްބޯލް މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޒޯންތަކަށް ބަހާލައިގެން ކަމަށްވާތީ، މިމުބާރާތް ހާއްސަ ކުރެވިފައިވަނީ "މާލެ އެޑިއުކޭޝަން ޔުނިޓް" އަށް ކަމުގައި ދެންނެވީމެވެ.

މިމުބާރާތުގެ ޤަވާއިދާއި ޓީމްލިސްޓް ހުށަހަޅާ ފޯރމްގެ އިތުރުން، މުބާރާތާއިބެހޭ މަޢުލޫމާލު މިއެސޯސިއޭޝަނުން ލިބިވަޑައިގަންނަވާނެ ވާހަކަ ދެންނެވީމެވެ.

މިމުބާރާތުގައި ބައިވެރިކުރެވޭނެ އުމުރުފުރާތައް:

  • 13 އަހަރުން ދަށް
  • 15 އަހަރުން ދަށް
  • 17 އަހަރުން ދަށް
  • 19 އަހަރުން ދަށް

މިމުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާތައް ކަނޑައެޅުމުގައި ބަލާފައިވާނީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ "ދިވެހިރާއްޖޭގެ ސްކޫލްތަކުގައި އެކްސްޓްރާ ކަރިކުއުލަރ އަދި ކޯކަރިކިއުލަރ ހަރަކާތްތައް ހިންގުމުގެ އުސޫލް" ގެ ޖަދުވަލު 2 ގައި ކބަޔާންކޮށްފައިވާ ގޮތުގެ މައްޗަށް ކަމުގައި ދަންނަވަަމެވެ.

މުބާރާތާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7611112 އަށް ގުޅުއްވުން އެދެމެވެ.

26 ޖަނަވަރީ 2020
ހޯދާ