މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އެރޮޑްރޯމްސް އިންސްޕެކްޓަރ

މަޤާމް:

އެރޯޑްރޯމްސް އިންސްޕެކްޓަރ

ބޭނުންވާ އަދަދު:

01

ސެކްޝަން:

އެއަރ ނެވިގޭޝަން އެންޑް އެރޮޑްރޯމްސް

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ

މުސާރަ އާއި އެލަވަންސް:

އިންޑަސްޓްރިއާ އަޅާކިޔޭވަރުގެ މުސާރަ އާއި އެލަލްވަންސް ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުތު:

1- އެރޮޑްރޯމްއާ ގުޅޭ ދާއިރާ އަކުން މާސްޓަރސް ޑިގްރީ ޙާޞިލު ކޮށްފައިވުމާއި އެކު މަދުވެގެން 2 އަހަރު ދުވަހު ފީލްޑްގައި މަސައްކަތްކޮށް އަމަލީ ތަޖުރިބާ މަސައްކަތުގެ ދާއިރާއިން ލިބިފައިވުން

ނުވަތަ

2- އެރޮޑްރޯމްއާ ގުޅޭ ދާއިރާ އަކުން ބެޗެލާސް ޑިގްރީ ޙާޞިލު ކޮށްފައިވުމާއެކު މަދުވެގެން 3 އަހަރު ދުވަހު އޭވިއޭޝަން ފީލްޑްގައި މަސައްކަތްކޮށް އަމަލީ ތަޖުރިބާ މަސައްކަތުގެ ދާއިރާއިން ލިބިފައިވުން

މަޤާމުގެ މަސްޢޫލިއްޔަތު:

1- ICAO އެނެކްސް 14 ގެ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން ރާއްޖޭގެ ވައިގެ ބަނދަރުތައް ސެޓިފައިކޮށް ސްޓޭންޑަރޑްސް ބެލެހެއްޓުމަށް ކުރެވޭ މަސައްކަތުގައި ސީނިއަރ އޭރޯޑްރޯމްސް އޮފިސަަރަށް އެހީތެރިވުން

2- ވައިގެ ބަނދަރުތަކުގެ ޚިދުމަތްތައް ސިވިލް އޭވިއޭޝަން ރެގިއުލޭޝަންސްގައި ކަނޑައެޅިފައިވާ މިންގަނޑުތަކަށް ހުރިތޯބަލާ ޗެކްކުރުން

3- ވައިގެ ބަނދަރުތައް އޮޑިޓް ތަކާއި އިންސްޕެކްޝަންތައް ކަޑައެޅިފައިވާ ގޮތަށް ޤަވާއިދުން ކުރުމުގައި ސީނިއަރ އޭރޯޑްރޯމްސް އޮފިސަރަށް އެހީތެރިވުން

4- ވައިގެ ބަނދަރުތައް އޮޑިޓް ތަކާއި އިންސްޕެކްޝަންތައް ހެދުމަށްފަހު ރިޕޯރޓްތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެފަރާތްތަކާއި ހަވާލުކުރުން

5- އޮޑިޓް/އިންސްޕެކްޝަންސްގެ ފޮލޯއަޕް ކަޑައެޅިފައިވަ ތާރީޚްތަކަށް ހެދުން

6- ފްލޯޓިންގ ޕްލެޓްފޯމް ތަކަށް ލައިސަންސް ދޫކުރުމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައްކޮށް އެތަންތަނުގެ ސަލާމަތީ ފެންވަރު ބެލެހެއްޓުމުގެ ގޮތުން އިންސްޕެކްޓް ކުރުން.

7- ވައިގެ ބަނދަރުތައް ހިންގާ ފަރާތްތަކުން ޢަމަލުކުރާ 'ސޭފްޓީ މެނޭޖްމަންޓް ސިސްޓަމްސް' ދިރާސާކޮށް ބެލެހެއްޓުމުގައި . ސީނިއަރ އޭރޯޑްރޯމްސް އޮފިސަރަށް އެހީތެރިވުން

8- ވައިގެ ބަދަރުތަކުގައި ދިމާވާ ހާދިސާތައް ބަލާ ތަހްގިގް ކުރުމުގައި އެހިީތެރިވުން

9- ޤަވާއިދުތަކާ 'ވަގުތީގޮތުން' އެއްކިބާވުމައްޓަކާ (އެގްޒެމްޕްޝަން ކޮންސެޝަން ފަދަ) އެދި ހުށަހަޅާހުށަހެޅުންތައް މުތާލިޔާކޮށް މިކަމުގައި ގޮތެއް ނިންްމުން  އަދި އެރޮޑްރޯމްސް މަސައްކަތްތަކާ ގުޅިގެން ދޫކުރެވޭ ހުއްދަތަކާ، ލައިސަންސް، އެގްޒެމްޕްޝަން، އެޕްރޫވަލް، އޯޑިޓް ތަކާގުޅޭ އެންމެހާ ރެކޯޑްތަކާ ލިޔެކިއުންތަކުގެ ޑޭޓާބޭސް ބެލެެހެއްޓުމުގައި އެހީތެރިވުން

10- އަދި މިނޫން ވެސް އެރޮޑްރޯމްސް އާއި ގުޅޭދާއިރާއިން ހަވާލުކުރެވޭ އިތުރު މަސައްކަތްތައް ކުރުން

ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

1- އާރކިޓެކްޗަރ ނުވަތަ ސާރވޭ ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތްތައް

2- މަޤާމުގެ މަސައްކަތާގުޅޭ ގޮތުން ހާސިލްކޮށްފައިވާ ޕޮރޮފެޝަނަލް ޓްރެއިންންގް އާއި ތަޖްރީބާ

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

 6 ފެބްރުވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 1500 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް

ހުށަހަޅަންޖެހޭ ލިޔުން

1- ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (www.caa.gov.mv/forms.php) ލިބެން ހުންނާނެ)

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ)ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)، އެންޕްލޯއީމަންޓް ރިފަރަލް ސިޓީ (ކުރިން ވަޒީފާ އަދާކުރި ނުވަތަ ކުރަމުންދާ އޮފީހުގެ)

އިންޓަރވިއު ކުރުން:

އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

23 ޖަނަވަރީ 2020
ހޯދާ