ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ |
ނަންބަރު: IUL)223/1/2020/04) |
ތާރީޚް: 23.01.2020 |
އޮފީސް ޢިމާރާތެއް ކުއްޔަށް ހިފުމާއިބެހޭ
މި ޓްރައިބިއުނަލްގެ އޮފީސް ހިންގުމަށްޓަކައި އޮފީސް ޢިމާރާތެއް ކުއްޔަށް ހޯދުމަށް ކުރެވުނު ނަންބަރު (IUL)223/1/2020/02 އިޢުލާނަށް އެކަށީގެންވާ ވަރަށް ތަރުޙީބު ލިބިފައިނުވާތީ އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މި ކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލަމެވެ.
|
ތަން |
ތާރީޚާއި ގަޑި |
ބީލަން ހުށަހެޅުއްވުން |
ޓެކްސް އެޕީލް ޓްރައިބިއުނަލް (މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) |
04 ފެބްރުވަރީ 2020 ގެ 12:00 ގައި |
މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް ވަނީ މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައެވެ. އަދި 30 ޖަނަވަރީ 2020 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް މިޓްރައިބިއުނަލްގެ ކައުންޓަރުންވެސް މަޢުލޫމާތު ކަރުދާސް ލިބެން ހުންނާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި މި ޓްރައިބިއުނަލްގެ ނަންބަރު 3015555 ފޯނަށެވެ.
28 ޖުމާދުލްއޫލާ 1441
23 ޖެނުއަރީ 2020