ދިވެހިރާއްޖެ
އިޢުލާން
ނ.މާފަރު ރައްޔިތުންގެ ޖަނަރޭޓަރުތައް ނީލަންކިޔުމާއި ބެހޭ:
ތިރީގައި މިދަންނަވާ ޖަނަރޭޓަރުތައް ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.ވީމާ، ޖަނަރޭޓަރުތައް ގަންނަން ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން 30 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އަގު ހުށަހެޅުމަށް ހުޅުވާލަމެވެ. އަގު ހުށަހަޅުއްވާނީ 4 ޖަނަރޭޓަރަށް އެއްކޮށް އަގު ބަޔާންކޮށް ސިޓީއަކުން މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލް އިދާރާއަށެވެ. މި މުއްދަތުގެ ތެރޭގައި އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތްތަކަށް މި ޖަނަރޭޓަރުތައް ވިއްކާލެވޭނެ ވާހަކަ ދަންނަވަމެވެ.
މޮޑެލް ނަމްބަރ |
ކިލޯ ވޯޓު |
ޙާލަތު |
Perkins ( PR60 ) |
48 |
ޑައިނަމޯ ސާރވިސްކޮށް ފުލް އޯވަހޯލް ކުރަންޖެހޭ |
Cummins |
46 |
އޯވަހޯލް ކުރަންޖެހޭ |
Cummins |
48 |
އޯވަހޯލް ކުރަންޖެހޭ |
Yanmar (TF160) |
12 |
އޯވަހޯލް ކުރަންޖެހޭ |
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ 6560005 / 9869915 ނަމްބަރ ފޯނާއެވެ. އީ މެއިލް އެޑްރެހަކީ [email protected] އެވެ. މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
28 E 1441
23 ޖަނަވަރީ 2020