މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ދުވާފަރު ބަނދަރުގެ ދެކުނު ފަރާތުގެ ބޭރު ނެރުބައްތި މަރާމާތުކުރުމާއި ގުޅޭ

c

މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ

ދުވާފަރު ، ދިވެހިރާއްޖެ                                           

 

Economic Development & Social services                              އިޤްތިޞާދީ ތަރައްޤީ އާއި އިޖްތިމާޢީ ޚިދްމަތް

އިޢުލާން

 

 

ނަމްބަރ: (IUL)304-MS/304/2020/14

ތާރީޚް: 23 ޖެނުއަރީ 2020

ރ. ދުވާފަރު ބަނދަރުގެ ދެކުނުފަރާތުގެ ބޭރު ނެރުބައްތި މަރާމާތުކުރުމާއި ގުޅޭ

 

                

 ރ. ދުވާފަރު ބަނދަރުގެ ދެކުނުފަރާތުގެ ބޭރު ނެރުބައްތި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                 ވީމާ، ދުވާފަރުގެ ކައުންސިލްގެ އިދާރާއިން ކަނޑައަޅައި ގޮތެއްގެ މަތީން، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚްއަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚްގައި ބިޑް ހުށައެޅުއްވުން އެދެމެވެ.

 

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

27 ޖެނުއަރީ 2020

ހޯމަ

ހެނދުނު 10:30

ބިޑް ހުށައެޅުން

02 ފެބްރުވަރީ 2020

އާދިއްތަ

ހެނދުނު 10:30

 

                އަންދާސީ ހިސާބު ހުށައެޅޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެއެވެ. ގަޑިޖެހުމަށްފަހު ހުށައަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ބަދަލުގައިކަން އެނގޭނޭ ލިޔުމެއް ނުގެންނެވި ނަމަވެސް، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައިނަމަ، ބަދަލުގައިކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. ކުންފުންޏަކުންނަމަ ކުންފުނީގެ ލެޓަރހެޑްގައި ފޮނުވާ މީހާގެ ވަނަވަރު އެނގޭ ގޮތަށް ލިޔުއްވަންވާނެއެވެ.

އިތުރު މަޢުލޫމާތު:

  • އަގު : %70
  • މަސައްކަތުގެ ތަޖުރިބާ :
  • މުއްދަތު :
  • ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާ ފަރާތެއްނަމަ %5 (މީރާގައި ރަޖިސްޓްރީ ކޮށްފައިވާ ތަނަކަށް ވާންޖެހޭނެއެވެ.)

 ތަޖުރިބާ ހުރިކަމަށް ބެލެވޭނީ މި މަސައްކަތާއި ގުޅޭ ދާއިރާއަކުން، މަސައްކަތްކޮށްފައިވާ ތަނަކުން އެތާނގެ ލެޓަރހެޑުގައި ލިޔެ އެތާނގެ ތައްގަނޑު ޖަހާ ވެރިއަކު ސޮއި ކޮށްފައިވާ ލިޔުން ހުށަހެޅުމުންނެވެ. މިކަމާއި ގުޅިގެން މީގެ ކުރިން ކޮށްފައިވާ މިއިދާރާގެ ނަމްބަރ : (IUL)304-MS/304/2020/3 (12 ޖެނުއަރީ 2020) ގެ އިޢުލާންވަނީ ބާޠިލްކޮށްފައެވެ.

                ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ.

                        28 ޖުމާދަލްއޫލާ 1441

                        23 ޖެނުއަރީ 2020

23 ޖަނަވަރީ 2020
ހޯދާ