ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތި ބެލެހެއްޓުން

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

  މިއިދާރާއިން ބަލަހައްޓަވަމުންގެންދާ މަގުމަތި ބައްތިތަކުގެ ތެރެއިން ނުދިއްލޭ ހޮޅިބުރިތައް ބަލައި އަނދާފައިވާ ހޮޅިބުރިތައް ބަދަލުކޮށް ހަލާކުވާ ތަންމަތިތައް ބަދަލުކޮށް ބަލައްހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

 ވީމާ، މިއިދާރާއިން ތަކެތި ދިނުމުން މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތައް 26 ޖަނަވަރީ 2020 ވާ އާދިއްތަ ދުވަހުން ފެށިގެން 03 ފެބުރުވަރީ 2020 ވާ ހޯމަ ދުވަހުގެ ނިޔަލަށް، ހެނދުނު 09:00 އިން 12:00 އަށް މި ކައުންސިލަށްްް ވަޑައިގެން ރެޖިސްޓަރ ކުރެއްވުމަށް އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 04 ފެބުރުވަރީ 2020 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި ކައުންސިލް އިދާރާގައި އޮންނާނެއެވެ.

 

 އަންދާސީ ހިސާބު ހުށަހެޅުން، 10 ފެބުރުވަރީ 2020 ވާ ހޯމަ ދުވަހު ހެނދުނު 10:00 ގައި މި އިދާރާގައި އޮންނެއެވެ.

 

 މި އިއުލާނާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 03 ފެބުރުވަރީ 2020 ވާ ހޯމަ ދުވަހު ހެނދުނު 10:00 ގެ ކުރިން  [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަޖިސްޓަރކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

22 ޖަނަވަރީ 2020
ހޯދާ