ދިވެހިރާއްޖެ
ނަންބަރ: A)AD-2020/18)
އިޢުލާނު
ޗާޕްކުރުމުގެ ޚިދުމަތް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ހޯދުމަށް ބޭނުންވެއްޖެ
މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް ޗާޕްކުރުމުގެ ޚިދުމަތް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
ޕްރޮޖެކްޓް ނަންބަރު |
ޕްރޮޖެކްޓް ނަން |
38/2020/W-006 |
ޗާޕްކުރުމުގެ ޚިދުމަތް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ހޯދުން |
ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. މި ތަކެއްޗާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2020 ފެބްރުއަރީ 01 ވާ ހޮނިހިރު ދުވަހުގެ 10:30 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ.
ބީލަން ހުޅުވުން އޮންނާނީ 2020 ފެބްރުއަރީ 02 ވާ އާދީއްތަ ދުވަހުގެ 10:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.