އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ކިޔޫ ނަންބަރ ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދުން

ނަންބަރ: A)AD-2020/17)

 

އިޢުލާނު

ކިޔޫ ނަންބަރ ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދުން

    މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް ކިޔޫ ނަންބަރ ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

38/2020/W-005

ކިޔޫ ނަންބަރ ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. މި ތަކެއްޗާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ  2020 ފެބްރުއަރީ 01 ވާ ހޮނިހިރު ދުވަހުގެ 09:30 ގެ ކުރިން،  [email protected] އީމެއިލް އެޑްރެހަށެވެ.

ބީލަން ހުޅުވުން އޮންނާނީ  2020 ފެބްރުއަރީ 02 ވާ އާދީއްތަ ދުވަހުގެ 09:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 

22 ޖަނަވަރީ 2020
ހޯދާ