އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ޔޫ.ވީ ލައިޓް އަދި ހޭންޑް ހެލްޑް ރީޗާޖަބަލް ފްލަޑް ލައިޓް ސަޕްލައިކޮށްދޭނެފަރާތެއް ހޯދުން

ނަންބަރ: A)AD-2020/23)

 

އިޢުލާނު

ޔޫ.ވީ ލައިޓް އަދި ހޭންޑް ހެލްޑް ރީޗާޖަބަލް ފްލަޑް ލައިޓް ސަޕްލައިކޮށްދޭނެފަރާތެއް ހޯދުން

 

މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް ޔޫ.ވީ ލައިޓް އަދި ހޭންޑް ހެލްޑް ރީޗާޖަބަލް ފްލަޑް ލައިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (A)AD-2019/282 (16 ޑިސެމްބަރ 2019) އިޢުލާނާއި ގުޅިގެން މައުލޫމާތު ކަރުދާހަށް ބަދަލު ގެންނަން ބޭނުންވާތީވެ، ހުށަހަޅާފައިވާ އަންދާސީ ހިސާބުތަށް ބާޠިލްކޮށް ޔޫ.ވީ ލައިޓް އަދި ހޭންޑް ހެލްޑް ރީޗާޖަބަލް ފްލަޑް ލައިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

 

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

ބިޑް ސެކިއުރިޓީ

38/2020/G-003

ޔޫ.ވީ ލައިޓް އަދި ހޭންޑް ހެލްޑް ރީޗާޖަބަލް ފްލަޑް ލައިޓް ސަޕްލައިކުރުން

2,800/- ރުފިޔާ

ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. މި ތަކެއްޗާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ  2020 ފެބުރުވަރީ 01 ވާ ހޮނިހިރު ދުވަހުގެ 11:30 ގެ ކުރިން،  [email protected] އީމެއިލް އެޑްރެހަށެވެ.

ބީލަން ހުޅުވުން އޮންނާނީ 2020ފެބުރުވަރީ 02 ވާ އާދީއްތަ ދުވަހުގެ 11:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

22 ޖަނަވަރީ 2020
ހޯދާ