ދިވެހިރާއްޖެ
ނަންބަރ: A)AD-2020/24)
އިޢުލާނު
ވޯޓިންގ ބޫތު ސްޓޭންޑް ސަޕްލައިކޮށްދޭނެފަރާތެއް ހޯދުން
މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް ވޯޓިންގ ބޫތު ސްޓޭންޑް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ A)AD-2019/287) (ޑިސެމްބަރ، 16، 2019) އިޢުލާނާއި ގުޅިގެން މައުލޫމާތު ކަރުދާހަށް ބަދަލު ގެންނަން ބޭނުންވާތީވެ، ހުށަހަޅާފައިވާ އަންދާސީ ހިސާބުތަށް ބާޠިލްކޮށް ވޯޓިންގ ބޫތު ސްޓޭންޑް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ޕްރޮޖެކްޓް ނަންބަރު |
ޕްރޮޖެކްޓް ނަން |
ބިޑް ސެކިއުރިޓީ |
38/2020/G-008 |
ވޯޓިންގ ބޫތު ސްޓޭންޑް ސަޕްލައިކުރުން |
4,500/- ރުފިޔާ |
ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. މި ތަކެއްޗާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2020 ފެބުރުވަރީ 01 ވާ ހޮނިހިރު ދުވަހުގެ 14:30 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ.
ބީލަން ހުޅުވުން އޮންނާނީ 2020ފެބުރުވަރީ 02 ވާ އާދީއްތަ ދުވަހުގެ 14:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ