ދިވެހިރާއްޖެ
ނަންބަރ:A)AD-2020/22)
އިޢުލާނު
ބެކަޕް ބެޓަރީ (ޔޫ.ޕީ.އެސް) ސަޕްލައިކޮށްދޭނެފަރާތެއް ހޯދުން
މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް ބެކަޕް ބެޓަރީ (ޔޫ.ޕީ.އެސް) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ A)AD-2019/245) (އޮކްޓޯބަރ 16 2019) އިޢުލާނާއި ގުޅިގެން މައުލޫމާތު ކަރުދާހަށް ބަދަލު ގެންނަން ބޭނުންވާތީ ހުށަހަޅާފައިވާ އަންދާސީ ހިސާބުތަށް ބާޠިލްކޮށް ބެކަޕް ބެޓަރީ (ޔޫ.ޕީ.އެސް) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ޕްރޮޖެކްޓް ނަންބަރު |
ޕްރޮޖެކްޓް ނަން |
ބިޑް ސެކިޔުރިޓީ އަދަދު |
38/2020/G-011 |
ބެކަޕް ބެޓަރީ (ޔޫ.ޕީ.އެސް) ސަޕްލައިކުރުން |
3,000/- ރުފިޔާ |
ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. މި ތަކެއްޗާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2020 ފެބްރުއަރީ 01 ވާ ހޮނިހިރު ދުވަހުގެ 13:30 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ.
ބީލަން ހުޅުވުން އޮންނާނީ 2020ފެބްރުއަރީ 02 ވާ އާދީއްތަ ދުވަހުގެ 13:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.