މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށްޓަކައި ގޭބިސީ ދަނޑުބިން ދޫކުރުން:

ދަނޑވެރިކަން ކުރުމަށް ބޭނުންވާ ފަރާތްތަކަށް ގޭބިސީ ދަނޑުބިމަށް އެދުމުގެ ފުރުސަތު ހުޅުވާލަމެވެ. ދަނޑުބިމަށް އެދި ހުށަހަޅުއްވާނީ "ދަނޑުވެރިކަން ކުރުމަށް ދަނޑުބިމަށް އެދޭ ފޯމް" އިންނެވެ. ދަނޑު ބިމަށް އެދުމުގެ މުއްދަތަކީ 22 ޖެނުއަރީ 2020 ވަނަ ދުވަހުން ފެށިގެން 30 ޖެނުއަރީ 2020 ވަނަ ދުވަހުގެ 13:00 އަށެވެ. ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 1:00 އަށް ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުން މިއިދާރާގައި އޮންނާނެއެވެ.

  • ކޮންމެ ގޭބިސީއަކަށް ދޫކުރާނީ 3000 (ތިންހާސް) އަކަފޫޓްގެ 01 (އެކެއް) ބިން.
  • ދަނޑު ބިމަށް އެދޭ ގޭބިސީއަކީ މީހުން ދިރިއުޅޭތާ 01 (އެކެއް) އަހަރު ވެފައިވާ ގޭބިސީއަކަށް ވާންވާނެ.
  • ދަނޑުބިން ދޫކުރެވޭނީ 02 އަހަރު ދުވަހުގެ މުއްދަތަށް.
  • ގޭބިސީތަކަށް ދޫކުރާ 3000 އަކަފޫޓުގެ ދަނޑު ބިމަކަށް މަހަކު -/100 ރ. (އެއްސަތޭކަ ރުފިޔާ)
  • ދަނޑުބިން ދޫކުރެވޭނީ މި އިދާރާއިން ފޯމްތައް ޗެކް ކުރުމަށްފަހު ޝަރުތު ހަމަވާ ގޭބިސީ ތަކަށެވެ. ދަނޑުބިންތަކާއި ބެހޭގޮތުން އިތުރު މަޢްލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މިއިދާރާއަށް ވަޑައިގެން ނުވަތަ 6580071 ނަންބަރު ފޯނާއި ގުޅުއްވައިގެން ސާފުކުރެއްވުމަށް ދަންނަވަމެވެ.

ދަނޑުބިމަށް އެދޭ ފަރާތްތަކުން ހުށައަޅަންޖެހޭ ތަކެތި:

  1. ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ ރަށްވެހީންގެ ރަޖިސްޓްރީގެ ކޮޕީ.
  2. ގޯތީގެ ވެރިފަރާތުގެ އައި.ޑީ.ކާރޑްގެ ކޮޕީ.

ކައުންސިލުން ދޫކުރާ ދަނޑުބިމަށް އެދޭ ފޯމް 

22 ޖަނަވަރީ 2020
ހޯދާ