ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލައިބްރެރީއަށް އާރް.އެފް.އައިޑީ ޑިޓެކްޝަން ސިސްޓަމްއެއް ހޯދުމާއިބެހޭ:
މި ޔުނިވަރސިޓީގެ ލައިބްރެރީއަށް އާރް.އެފް.އައިޑީ ޑިޓެކްޝަން ސިސްޓަމްއެއް ހޯދުމަށް ކުރެވުނު ފުރަތަމަ ނަންބަރު (IUL)170-PR/170/2019/124 (30 ޑިސެންބަރ 2019) ގެ އިޢުލާންއާއި އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީވެ، އެ އިޢުލާނު ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މި ކަމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2020 ފެބްރުއަރީ 03 ވާ ހޯމަ ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރިސޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި 2020 ޖަނަވަރީ 23 ވާ ބުރާސްފަތި ދުވަހު 10:30 އިން ފެށިގެން 2020 ފެބްރުއަރީ 02 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ރަސްމީގަޑީގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރިސޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
މި އިޢުލާން އާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ، 2020 ފެބްރުއަރީ 02 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ 3022115/ 3022120 ނަންބަރު ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.