ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވަރ

 

 

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

 މަޤާމް:

ޑްރައިވަރ

ބޭނުންވާ ޢަދަދު:    01

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ. މިވަޒީފާއަކީ ވޭޖް އެމްޕްލޯއިމެންޓް އުޞޫލުން އުޖޫރަ ދެވޭ ވަޒީފާއެކެވެ.)

މުސާރައާއި އެލަވަންސް:  

މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް 315/- (ތިންސަތޭކަ ފަނަރަ) ރުފިޔާ.

މި މުސާރަ ކަނޑައެޅިފައިވަނީ މި މަޤާމުގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު ޖުމްލަ 3,470/- (ތިންހާސް ހަތަރުސަތޭކަ ހަތްދިހަ) ރުފިޔާ އާއި ސާރވިސް އެލަވަންސަށް މަހަކު ޖުމްލަ  1,000/- (އެއްހާސް) ރުފިޔާ،  ސަޕޯޓިންގ ކޯ އެލަވަންސަށް މަހަކު ޖުމްލަ 1,200/- (އެއްހާސް ދުވިސައްތަ) ރުފިޔާ އަދި ރިސްކް އެލަވަންސަށް މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް 96/15 (ނުވަދިހަ ހަރުފިޔާ ފަނަރަލާރި) ގެ ރޭޓުން މަހަކު އެވަރެޖްކޮށް 2,500/- (ދެހާސް ފަސްސަތޭކަ) ރުފިޔާ ހިމެނޭގޮތުންނެވެ.

 

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

ހުކުރު، ޢީދު ، ޙައްޖު، ރަމަޟާންމަހާއި ހިޖުރީ އަދި މީލާދީ އަހަރު ފެށޭ ދުވަސް ފަދަ ދީނީ އަދި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ހޮނިހިރު ދުވަސް ހިމެނޭގޮތަށް ކޮންމެ ދުވަހަކު ހެނދުނު 08:30 އިން 16:30 އަށް އަދި މީގެ އިތުރުން އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި.

ޝަރުޠު:  މަގާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް ހާސިލްކޮށްފައިވުން.

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. ޚިދުމަތް ލިބިގަންނަ ފަރާތްތަކާއި މުޢާމަލާތުކުރުމުގެ ހުނަރު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ތިނަދޫ ކައުންސިލުން ކުރިޔަށް ގެންދާ ގޭބިސީތަކުން ކުނި ނެގުމުގެ މަސައްތާއި ގުޅޭގޮތުން ހަމަޖައްސަންޖެހޭ އުފުލުމުގެ އެންމެހާ ދަތުރުތައް ކުރުން.
  2. ތިނަދޫ ކައުންސިލްގެ ޕިކަޕްތައް އަބަދުވެސް ދަތުރުކުރެވޭނެ ޙާލަތެއްގައި ބޭއްވުން.
  3. ވެހިކަލްތަކުގެ އިންޖީނަށް ގަޑިން ގަޑިޔަށް ދޭންޖެހޭ ސާރވިސް ދިނުމާއި، ކަނޑައެޅިފައިވާ ޝެޑިއުލާއި އެއްގޮތަށް ތެޔޮބަދަލުކުރުމާއި މި ނޫނަސް ބަދަލުކުރަންޖެހޭ އެހެނިހެން ތަކެތި ހޯދައި ހަމަކޮށް ވެހިކަލްގެ މެއިންޓަނެންސް ޤަވާއިދުން ބެލެހެއްޓުން.
  4. ވެހިކަލްތަކަށް ލިބޭ ކޮންމެ ގެއްލުމެއް ކަމާއިބެހޭ މުވައްޒަފުންނަށް ވަގުތުން އެންގުން.
  5. ކައުންސިލްގެ އިދާރާއިން އެކި ތަންތަނަށް ކުރަންޖެހޭ ދަތުރުތައް ކުރުމާއި، މާލެއިން ނުވަތަ އެހެނިހެން މުވައްސަސާތަކުން އަންނަ ބޭފުޅުން ގޮވައިގެން ކުރަންޖެހޭ ދަތުރުތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-   ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމް.

2-   ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-   ތަޢްލީމީ ސަނަދުތުތަކުގެ ކޮޕީ.

4-   މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި:

04 ފެބްރުވަރީ 2020 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް.

         

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

20 ޖަނަވަރީ 2020
ހޯދާ