ދިވެހިރާއްޖެ
ނަންބަރ: (IUL)241-B/241/2020/6
އިއުލާން
ގއ.ކޮނޑޭ ކުޑަކުދިންގެ ޕާރކަށް ބޭނުންވާ ތަކެތި ހޯދުމާއި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން
ގއ. ކޮނޑޭގައި ހަދާފައިވާ ކުޑަކުދިންގެ ޕާރކަށް ބޭނުންވާ ތަކެތި ގެނެސް ޕާކުގައި އެތަކެތި އިންސްޓޯލް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއްހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރ: (IUL)241-B/241/2019/27 އިއުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަކަށް ބިޑް ހުށަހަޅާފައިނުވާތީ މިމަސައްކަތަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަންފޮތް ގަތުމަށްފަހު ތިރީގައިވާ ގަޑިއަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ބީލަން ފޮތެއްގެ އަގަކީ 100.00 ( އެއް ސަތޭކަ ) ރުފިޔާއެވެ. ބީލަން ފޮތް ގަންނަން ލިބޭނީ 24 ޖެނުއަރީ 2020 ވަނަ ދުވަހުން ފެށިން 30 ޖެނުއަރީ 2020 އާއި ހަމަޔަށް ގއ. އަތޮޅު ކައުންސިލް އިދާރާއިންނާއި ، ގއ. ކޮނޑޭ ކައުންސިލްގެ އިދާރާއިންނެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ވަގުތު |
ޕްރީބިޑް މީޓިންގ |
ގއ.އަތޮޅުކައުންސިލްގެ އިދާރާ ގއ. ކޮނޑޭ ކައުންސިލްގެ އިދާރާ |
5 ފެބްރުއަރީ 2020 |
ބުދަ |
13.00 |
ބިޑް ހުށަހެޅުން |
ގއ.އަތޮޅުކައުންސިލްގެ އިދާރާ ގއ. ކޮނޑޭ ކައުންސިލްގެ އިދާރާ |
10 ފެބްރުއަރީ 2020 |
ހޯމަ |
13.00 |
މައުލޫމާތު ދިނުމުގެ ސެޝަނަށާއި ( ޕްރީބިޑް މީޓިންގ ) ، ބިޑް ހުށަހެޅުއްވުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އެބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެއެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.
27 ޖުމާދަލްއޫލާ 1441ހ.
21 ޖެނުއަރީ 2020މ.