ދިވެހިރާއްޖެ
ނަންބަރ: (IUL)241-B/241/2020/5
އިއުލާން
ގއ. ކަނޑުހުޅުދޫ ފެރީޓާމިނަލް ހެދުން
ގއ. ކަނޑުހުޅުދޫ ފެރީޓާމިނަލް އަމިއްލަތަކެތީގައި ހަދާނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރ: (IUL) 241-B/241/2019/26 އިއުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް ބިޑް ހުށަހަޅާފައިނުވާތީ އެ އިއުލާން ބާޠިލްކޮށް މިމަސައްކަތަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަންފޮތް ގަތުމަށްފަހު ތިރީގައިވާ ގަޑިއަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ބީލަން ފޮތެއްގެ އަގަކީ 100.00 ( އެއް ސަތޭކަ ) ރުފިޔާއެވެ. ބީލަން ފޮތް ގަންނަން ލިބޭނީ 23 ޖެނުއަރީ 2020 އިން ފެށިން 30 ޖެނުއަރީ 2020 އާއި ހަމަޔަށް ގއ. އަތޮޅު ކައުންސިލް އިދާރާއިންނާއި ، ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާއިންނެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ވަގުތު |
ޕްރީބިޑް މީޓިންގ |
ގއ.އަތޮޅުކައުންސިލްގެ އިދާރާ ގއ. ކަނޑުހުދޫ ކައުންސިލްގެ އިދާރާ |
4 ފެބްރުއަރީ 2020 |
އަންގާރަ |
13.00 |
ބިޑް ހުށަހެޅުން |
ގއ.އަތޮޅުކައުންސިލްގެ އިދާރާ ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ |
10 ފެބްރުއަރީ 2020 |
ހޯމަ |
13.00 |
މައުލޫމާތު ދިނުމުގެ ސެޝަނަށާއި ( ޕްރީބިޑް މީޓިންގ ) ، ބިޑް ހުށަހެޅުއްވުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އެބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެއެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.
27 ޖުމާދަލްއޫލާ 1441ހ.
21 ޖެނުއަރީ 2020މ.