ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގައި ބޭއްވުނު އެޗްއެސްސީ އަދި އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ ނަތީޖާ ސްލިޕް (ސްޓޭޓްމަންޓް އޮފް ރިސަލްޓްސް) ދޫކުރުން

    ނަންބަރު: IUL)120/1/2020/10 )


އިޢުލާން

2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގައި ބޭއްވުނު އެޗްއެސްސީ އަދި އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ ނަތީޖާ ސްލިޕް (ސްޓޭޓްމަންޓް އޮފް ރިސަލްޓްސް) ދޫކުރުން

2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގައި ބޭއްވުނުއެޗްއެސްސީ އަދިއެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އިމްތިޙާނުގައި މިޑިޕާޓްމަންޓު މެދުވެރިކޮށް އަމިއްލަ ގޮތުން ބައިވެރިވި ކެނޑިޑޭޓުންގެ ނަތީޖާ ސްލިޕް 2020 ޖެނުއަރީ 23 ވަނަ ދުވަހުން ފެށިގެން 2020 ފެބްރުއަރީ 10 ގެ ނިޔަލަށް މިޑިޕާޓްމަންޓުން ދޫކުރާނެއެވެ. ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 0830 ން 1330 އަށެވެ.

މިޑިޕާޓްމަންޓު މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ އާ ޙަވާލުވުމަށް އަންނައިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ކެންޑިޑޭޓުގެ އައި.ޑީ.ކާޑާއި، ޙަވާލުވާ ފަރާތުގެ އައިޑީކާޑު ގެންނަންވާނެއެވެ.

ނަތީޖާ ރީޗެކް ކުރުމަށް ބޭނުންވާ ކެންޑިޑޭޓުން، އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު 2020 ފެބްރުއަރީ 13 ވަނަ ދުވަހުގެ 1200 ގެ ކުރިން ހުށަހެޅުން އެދެމެވެ. ސެންޓަރެއް މެދުވެރިކޮށް އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުން ރީޗެކް ކުރުމަށް ހުށަހަޅާނީ އިމްތިޙާނުގައި ބައިވެރިވި ސެންޓަރަކަށެވެ.

26 ޖުމާދިލް އައްވަލު 1441

21 ޖެނުއަރީ      2020

22 ޖަނަވަރީ 2020
ހޯދާ