އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2020 ވަނަ އަހަރު އއ.މާޅޮހު ރައްޔިތުންގެ ޕްރީސްކޫލަށް ކުދިން ވެއްދުމާ ގުޅޭ

 

                                                ނަންބަރު:IUL)345-CAA/345/2020/2)   

                                               

އިޢުލާން

             2020ވަނަ އަހަރު އއ. މާޅޮހު ރައްޔިތުންގެ ޕްރީސްކޫލްގެ ކިޔެވުން 02 ފެބްރުއަރީ 2020ގައި ފެށުމަށްވަނީ ހަމަޖެހިފައެވެ. މިސްކޫލަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ޕްރީސްކޫލަށް ކުދިން ވެއްދުމަށް ހަމަޖެހިފައިވާ ޢުމުރުފުރާއަކީ 31 ޖެނުއަރީ 2020ގެ ނިޔަލަށް ދެއަހަރު ބައި ފުރިހަމަވެފައިވާ ކުދިންނެވެ. ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފަރާތްތަކުން މިއިދާރާއިން ދޫކުރާ، ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 26 ޖެނުއަރީ 2020 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. 2020 ވަނަ އަހަރު ޕްރީސްކޫލަށް ވަނުމަށް އެދޭ ކުދިންގެ ފޮތްލިސްޓް 22 ޖެނުއަރީ 2020ވާ  ބުދަ ދުވަހުން ފެށިގެން މިއިދާރާއިން ލިބެންހުންނާނެއެވެ.

            މިއަހަރު ސްކޫލް ފީގެ ގޮތުގައި ކަނޑައެޅިފައިވަނީ މަހަކު 250.00 (ދުއިސައްތަ ފަންސާސް) ރުފިޔާއެވެ.

             ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

 

22 ޖަނަވަރީ 2020
ހޯދާ