މަޤާމު
|
ޕާޓްޓައިމް ލެކްޗަރަރ
|
މުސާރަ އަދި އެހެނިހެން އިނާޔަތްތައް:
|
- ގަޑީގެ ދިގުމިން (50-60) މިނެޓުގެ ލެކްޗަރ / ޓިއުޓޯރިއަލް ގަޑިއަކަށް އުޖޫރަ ދެވޭނީ އެބޭފުޅަކު ކިޔަވައިދެއްވާ ލެވަލަށް ތިރީގައި މިވާ ގޮތަށެވެ.
- ސެޓުފިކެޓު ލެވެލް 1 ސެޓުފިކެޓު ލެވެލް 4 އަށް 200 ރުފިޔާ.
- ސެޓުފިކެޓު ލެވެލް 5 ސެޓުފިކެޓު ލެވެލް 6 އަށް 225 ރުފިޔާ.
- ސެޓުފިކެޓު ލެވެލް 7 ސެޓުފިކެޓު ލެވެލް 8 އަށް 275 ރުފިޔާ.
- ސެޓުފިކެޓު ލެވެލް 8 ސެޓުފިކެޓު ލެވެލް 10 އަށް 500 ރުފިޔާ.
- އެސައިންމެންޓް: މާރކު ކުރާ އެސައިންމެންޓަކަށް 15/- ރުފިޔާ
- ޕޭޕަރ މާރކިން:މާރކު ކުރާ ފައިނަލް އިމްތިޙާން ޕޭޕަރަކަށް 35/- ރުފިޔާ
|
މަޤާމު އޮތް އޮފީސް:
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
|
މަސައްކަތް ހަމަޖެހިފައިވާތަން:
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ/ޔުނިވަރސިޓީގެ ކެމްޕަސްތައް
|
މަޤާމުގެ މަސްޢޫލިއަޔަތާއި ވާޖިބުތައް:
|
- ކަޑައެޅިފައިވާ ގޮތުގެމަތިން އެކި ފެންވަރުގެ ކޯސްތަކުގައި ކިޔަވައިދިނުން.
- ކިޔަވައިދޭ މާއްދާ ތަކުގެ އިމްތިޙާން ކަރުދާސްތައް ތައްޔާރު ކުރުމާއި އެސެސް ކުރުން.
- ކިޔަވައިދޭ ދަރިވަރުންނަށް ބޭނުންވާ ކިޔަވައިދިނުމުގެ ތަކެތި ތައްޔާރުކުރުން.
- ޓިއުޓޯރިއަލާއި،ޢަމަލީކްލާސްތަކާއި،ޑެމޮންސްޓްރޭޝަންތަކާއި،ވަރކްޝޮޕްތަކާއި،ދަރިވަރުންގެ ފީލްޑް ވިޒިޓް ތަކާއި، ކްލިނިކަލް ސެޝަންތައް ހިންގުން.
- ދަރިވަރުންނާއެކު ކިޔަވައިދޭ މާއްދާތަކާ ބެހޭގޮތުން މަޝްވަރާތައް ބޭއްވުން.
- ދަރިވަރުންގެ އަޚްލާގާއި އުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރުމާއި ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އަޅާލުން.
- ކުއްލިއްޔާގެ ދަރިވަރުންނާ ގުޅޭ ކޯކަރިކުއލަރ އާއި އެކްސްޓްރާ ކަރިކިއުލަރ އެކްޓިވިޓީސްތައް ރާވައި ހިންގުމުގައި ކުއްލިއްޔާ އަށް އެހީތެރިވުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ސެޓްފިކެޓް ކޯހުން ފެށިގެން އެސޯސިއޭޓް ޑިގްރީ ކޯހެއް ނަމަ ގުޅޭ ދާއިރާއަކުން ބެޗެލަރސް ޑިގްރީ ހާސިލްކޮށްފައިވުން
- ބެޗްލަރސް ޑިގްރީ ކޯހެއް ނަމަ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުން
ނުވަތަ
-ގުޅޭ ދާއިރާއަކުން ބެޗެލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- މާސްޓަރސް ކޯހެއް ނަމަ ގުޅޭ ދާއިރާއަކުން ޕީ.އެޗް.ޑީ ހާސިލްކޮށްފައިވުން
ނުވަތަ
-ގުޅޭ ދާއިރާއަކުން މާސްޓަރސް ހާސިލްކޮށްފައިވުމާއެކު 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
|
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- ފުރިހަމަ ކޮއްފައިވާ "ޕާރޓް ޓައިމް ލެކްޗަރާރުންގެ ވަޒީފާއަށް އެދޭ ފޯމު" (މި އިޢުލާނުގެ ތިރީގައި މިދެންނެވި ފޯމު އެޓޭޗްކުރެވިފައިވާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ސެޓްފިކެޓެއްނަމަ އެކްރެޑިޓް ކޮއްފައިވާ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮއްފައިވާ އިދާރާއަކުން ދޫކޮއްފައިވާ ލިޔުންތަކުގެ ކޮޕީ.
- ތަޖުރިބާއަށް މާރކްސް ދިނުމުގައި ބަލާނީ ހުށަހަޅާފައިވާ ރެފަރެންސް ސިޓީތަކަށެވެ. ރެފަރެންސް ސިޓީގައި ސާފުކޮށް މަސައްކަތް ފެށި ތާރީޚް އޮންނަންވާނެއެވެ. ސާފުކޮށް މަސައްކަތް ފެށިތާރީޚް އެނގެން ނެތްނަމަ އެ ރެފަރެންސް ސިޓީ ތަޖުރިބާއަށް މާރކްސް ދިނުމުގައި ނުބެލޭނެއެވެ.
- ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިއުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
|
ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް
|
- މި ޔުނިވަރސިޓީގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ ޔުނިވަރސިޓީގެ ޖޮބް ޕޯޓަލް jobs.ium.edu.mv މެދުވެރިކޮށެވެ. މިނޫން ގޮތަކަށް ފޮނުވޭ އެޕްލިކޭޝަން ފޯމުތައް ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ.
- ޕޯޓަލްއަށް އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
- "ޕާރޓް ޓައިމް ލެކްޗަރާރުންގެ ވަޒީފާއަށް އެދޭ ފޯމު"ޕޯޓަލްއަށް އަޕްލޯޑްކުރާ އެހެނިހެން ލިޔެކިޔުންތަކާއެއްކޮށް ފޮނުވަން ވާނެއެވެ. އަދި "ޕާރޓް ޓައިމް ލެކްޗަރާރުންގެ ވަޒީފާއަށް އެދޭ ފޯމް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުވާނެއެވެ.
- އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
|
އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް
|
- 31 ޖަނަވަރީ 2020 ވަނަ ދުވަހުގެ 23:59 އަށް
|
ނޯޓު
|
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3022116 ނަންބަރު ފޯނާއެވެ.
- ޕާޓްޓައިމް ލެކްޗަރާރުން ވަޒީފާއަށް ހޮވޭ ދުވަހުން ފެށިގެން މަސައްކަތުގެ ފެންވަރަށް ބެލެމުން ދާނެއެވެ. އަދި އެދެވޭ ގޮތުގައި މަސައްކަތް ކުރިޔަށް ނުގެންދެވޭނަމަ،ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|