ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކް އަޅާދޭނެ ފަރާތެއް ހޯދުން

އިޢުލާން

ކުޑަކުދިންގެ ޕާކް އަޅާދޭނެ ފަރާތެއް ހޯދުން

                ކަނޑޫދޫ ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓްއާއި ގުޅިގެން ކަނޑޫދޫގައި ހަދަން ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. ކުންފުންޏެއް ނަމަ ކުންފުނީގެ ފަރާތުން ތަމްސީލް ކުރައްވާ ފަރާތުގެ މަޢުލޫމާތު އެގޭނެ ސިޓީއެއް ހުށަހަޅަން ވާނެއެވެ.

 

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

26 ޖަނަވަރީ 2020  ވާ އާދިއްތަ ދުވަހުގެ 11:00

05 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ 11:00

    މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ފުރަތަމަ ފިޔަވަހީގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ވަށާފާރު ލީން/ފައުންޑޭޝަން ކޮލަމް އެޅުން
  2. ވަށާފާރު ރާނާ ސިމެންތި ޖެހުން
  3. ހިނގާ މަގު (ވޯކްވޭ) ހެދުން
  4. ގޭޓް ހެދުން
  5. މަސް ޕޮންޑެއް ހެދުން

                 މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

                    26 ޖުމާދަލް އޫލާ 1441 

21 ޖަނަވަރީ 2020
ހޯދާ