ދިވެހިރާއްޖެ
ހައްދުންމަތީ މާވަށުގެ ބަނދަރުމަތީ ހުރި ރައްޔިތުންގެ ރުއްތަށް ކުއްޔައްދިނުމަށް ކައުންސިލުން ބޭނުންވާތީވެ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިދެންނެވި ރުއްގަނޑު ކުއްޔައްނެގުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 28 ޖެނުއަރީ 2020 ވާ އަންގާރަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 02 ފެބުރުއަރީ 2020 ވާ އާދީއްތަ ދުވަހުގެ 13:30އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި ބީލަމުގެ ބީލަންފޮތް، 22 ޖެނުއަރީ 2020 ވާ ބުދަ ދުވަހުން ފެށިގެން 02 ފެބްރުއަރީ 2020 ވާ އާދީއްތަ ދުވަހުގެ 13:30 އާއި ހަމައަށް މިއިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. ބީލަން ފޮތުގެ އަގަކީ -/50 ރުފިޔާއެވެ.
މަޢުލޫމާތު ސާފުކުރުމަށް ހާޟިރުނުވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6800718 ނަންބަރަށް ގުޅުއްވުން އެދެމެވެ.