ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ ނަމްބަރ: 331/331/2020/3(IUL)
އިޢުލާން
ދަގަނޑުގެ ބާވަތްތައް އެޅުމަށް ޚާއްޞަކުރެވިފައިވާ ދަޅުގޮނޑު ހުސްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
ދަގަނޑުގެ ބާވަތްތައް އެޅުމަށް ޚާއްޞަކުރެވިފައިވާ ދަޅުގޮނޑު ހުސްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިއިދާރާއިން ކުރި ނަންބަރު: 331/331/2019/59(IUL) އިޢުލާނާއި ގުޅިގެން، ހުށަހަޅުއްވާފައިވާ އަގުތަކަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގުތަކެއްކަމުގައި ފެންނާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.
މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2020 ޖަނަވަރި 27 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި މިކައުންސިލްގެ އިދާރާގައެވެ. އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2020 ފެބްރުއަރީ 05 ވަނަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާގައެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.