ދިވެހިރާއްޖެ
ކުނަހަންދޫ ސްކޫލު
ލ.ކުނަހަންދޫ / ދިވެހިރާއްޖެ
ނަމްބަރު: GS-184/IUL/2020/01
އިޢުލާން
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
މަޤާމުގެ ނަމްބަރ: J-231607
ބޭނުންވާ ޢަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: ޖީ އެސް 3
މަޤާމުގެ ކްލެފިކޭޝަން: އޮފިސަރ ގްރޭޑް 1
ވަޒީފާ އަދާކުރަންޖެހޭތަން: ކުނަހަންދޫ ސްކޫލް
މުސާރަ: -/4465 ރުފިޔާ
ސާރވިސް އެލަވަންސް: -/1500 ރުފިޔާ
އެހެނިހެން އެލަވަންސް: |
|
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތަށް:
|
(1- ސެކްޝަނުގެ މަސައްކަތަށް ބޭނުންވާ ފޮތްތައް ތައްޔާރުކުރުމާއި، ބަޖެޓާއި ގުޅިގެން ތައްޔާރުކުރެވޭ ލިޔެކިޔުން ގަވާޢިދުން ފައިލްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން. 2- ބަޖެޓްގައި ނުހިމެނޭގޮތުން ލިބޭ ހުރިހައި ފައިސާއެއްގެ ހިސާބު ޤަވާޢިދުން ލިޔެ ބެލެހެއްޓުން. 3- ކިޔަވައިދިނުމާއި،ކިވައިދިނުމައި ގުޅުންހުރި މަސައްކަތްތަށް ކުރިޔަށް ގެންދިޔުމށާއި، އިދާރީ ހިންގުމަށް ބޭނުންވާ ތަކެތި ގަވާއިދުން ހޯދުން . 4 - ސްކޫލަށް ލިބޭ ފައިސާގެ ބިލްތަކުގެ ރަޖިސްޓްރީލިޔެ ބެލެހެއްޓުން . 5- ސްކޫލުގެ ބަޖެޓް ހިސާބުތައް ގަވައިދުން ލިޔެ ބެލެހެއްޓުމާއި، މުވައްޒަފުންގެ މުސާރައާއި އުޖޫރަ ކަނޑައެޅިފައިވާ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ދިނުމުގެ މަސައްކަތް ކުރުން . 6- ބަޖެޓުން ކުރަންޖެހޭ ޚަރަދުތަކުގެ ހުއްދަދޭ ލިޔެ ބެލެހެއްޓުން . 7- ބަޖެޓް ފައިސާ ޙަވާލްކުރާ ލިޔެ ބެލެހެއްޓުން . 8- އެންޓްރީ ކުރެހުމާއި އެންޓްރީ އަދި ހާޟިރީ ފޮތް ކުރަހާ ބެހެލެއްޓުން |
މަޤާމުގެ ޝަރުތުތައް:
|
ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
ހުށައަޅަންޖެހޭ ލިއުންތަށް: |
5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1- މަޤާމުގެ މަސައްކަތާއި ގުޅޭދާއިރާއަކުން ލިބިފައިވާ ތަޢުލީމު (ކަނޑައެޅިފައިވާ އިންސައްތަ %35) 2- މަޤާމުގެ މަސައްކަތާކުޅޭ ދާއިރާއަކުންލިބިފައިވާ ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ %5) 3- ސިވިލްސާރވިސް އަށް ވަނުމަށް ދެވޭ އިމްތިޙާނު (ކަނޑައެޅިފައިވާ އިންސައްތަ %5) 4- މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ ) 5- ލިބިފައިވާ ހުނަރު- އިންޓަވިއު (ކަނޑައެޅިފައިވާ އިންސައްތަ %45)
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
ވަޒީފާއަށް އެދޭ ފޯމު މި ސްކޫލް (ކުނަހަންދޫ ސްކޫލް)ގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސާވިސްގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ކުނަހަންދޫ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) އަދި ފެކްސް (6800744) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.
|
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނދައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައި ގަނެވޭނެއެވެ.
ޝޯޓު ލިސްޓް ކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަކުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިންތަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 02 ފެބުރުއަރީ 2020 އާއި 06 ފެބުރުއަރި 2020 އާ ދެމެދު، ކުނަހަންދޫ ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓު (A2ފޯމު)'' އާންމުކުރުން: |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ވަޒީފާއަށްކުރިމަތިލީ ފަރާތްތަކަށް ޕޮއިންތް ލިބުނު ގޮތުގެ (A2ފޯމު)'' އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބުސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800744 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ
26 ޖުމާދަލްއޫލާ 1441
21 ޖެނުއަރީ 2020