ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޓެންޑެންޓް

 

މަޤާމް: އެޓެންޑެންޓް 

ޑިޕާޓްމަންޓް/ސެކްޝަން: ނަރސިން

މަސައްކަތް ކުރަންޖެހޭ ތަން:ހުޅުމާލެ ހޮސްޕިޓަލް

  1. ލިޔަން ކިޔަން އެނގުމާއެކު، މަޤާމުގެ މަސައްކަތް ކުރެވޭފަދަ ޖިސްމާނީ އަދި ނަފްސާނީ ގާބިލްކަން ލިބިފައިވުން. 
  2. މަޤާމާއި ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1-        ޑިޕާޓްމަންޓްގައި ބޭނުންކުރާ މެޝިނަރީޒް އާއި އެހެނިހެން ތަކެތި އެއްތަނުން އަނެއްތަނަށް ގެންގޮސް ގެނައުން

2-        އެނދުމަތި ކުރެވިފައިތިބޭ ބަލިމީހުން ސްޓްރެޗަރ އަށް އަރުވާ، ސްކޭންކޮށް އަދި އެކްސްރޭ ނެގުމަށް ގެންދަންޖެހޭ ތަންތަނަށް ގެންގޮސް ދިނުން

3-        ބަލިމީހުންނަށާއި ޑޮކްޓަރުންނަށް އަދި ނަރުހުން ބޭނުންވެއްޖެ ހިނދެއްގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން

4-        ޑިޕާޓްމަންޓްގައި ބޭނުންކުރާ އާލާތްތައް ދޮވެ ސާފުކުރުން

5-       އެޑްމިޓް ކޮށްފައި ތިބޭ ޕޭޝެންޓުން ތިބޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން

6-       ލެބޯޓަރީ ސާމްޕްލްސް ލެބޯޓަރީއަށް ގެނެގޮސް ދިނުން

7-       ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށްކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައްކުރުން.

 

މުސާރައާއި އިނާޔަތް :

މުސާރަ:                3470.00 ރުފިޔާ

ސަރވިސް އެލަވަންސް:      1000.00 ރުފިޔާ

ރިސްކް އެލަވަންސް:        100.00 ރުފިޔާ (މަސައްކަތް ކުރާ ދުވަހަކަށް)

އެޓެންޑެންސް އެލަވަންސް:     52.00 ރުފިޔާ (މަސައްކަތްކުރާ ރަސްމީ ދުވަސްތަކަށް)

ޝިފްޓް އެލަވަންސް:     މެންދަމު 00:00 ން ހެނދުނު 06:00 ށް 45.00 ރުފިޔާ،ހެނދުނު 06:00ން މެންދަމު 00:00 ށް 25.00 ރުފިޔާ 

ކުރިމަތިލުމުގެ ސުންގަޑި: 29 ޖަނަވަރީ 2020 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ.

  • ވަޒީފާއަށް އެދޭ ފޯމު.
  • ސީވީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  • އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕޮލިސް ރިޕޯޓް

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

21 ޖަނަވަރީ 2020
ހޯދާ